April 17, 2026
Advertisement
ފަލަސްތީނު އޮތޯރިޓީގެ ބޮޑުވަޒީރު މުހައްމަދު ޝްތައްޔާ
ފަލަސްތީނު އޮތޯރިޓީގެ ބޮޑުވަޒީރު މުހައްމަދު ޝްތައްޔާ / ސީ.އެން.އެން

ފަލަސްތީނުގެ ބޮޑުވަޒީރާއި ސަރުކާރު އިސްތިއުފާ ދެނީ!

Azzama
އައްޒާމާ
Feb 26, 2024, 09:46 PM
ފަލަސްޠީން

ފަލަސްތީނު ސަރުކާރު ( ޕެލަސްޓައިން އޮތޯރިޓީ) ގެ ބޮޑުވަޒީރު މުހައްމަދު ޝްތައްޔާ އާއި އޭނާގެ ސަރުކާރުން އިސްތިއުފާ ހުށަހަޅުއްވައިފިއެވެ.

Advertisement

ފަލަސްތީނު ސަރުކާރުގެ ބޮޑުވަޒީރު މުހައްމަދު ޝްތައްޔާ އާއި އޭނާގެ ސަރުކާރުން އިސްތިއުފާ ދެއްވީ އެމެރިކާއިން އިސްލާހަށް ޕްރެޝަރު ކުރަމުން ދަނިކޮށެވެ. ޝްތައްޔާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މަހްމޫދު އައްބާސްއަށް، އެމަނިކުފާނާއި ސަރުކާރު އިސްތިއުފާ ދޭން ހުށަހަޅާފައިވާ ކަމަށް ލިޔުއްވާފައިވެއެވެ.

އޮސްލޯ އެއްބަސްވުމުގެ ދަށުން 1990 ގެ އަހަރުތަކުގެ މެދުތެރޭގައި އުފެދުނު ފަލަސްތީނު އޮތޯރިޓީއަށް ކޮރަޕްޝަނާއި ނާގާބިލުކަމުގެ ފާޑުކިޔުންތައް އަމާޒުވެ، އެތެރޭންނާއި ބޭރުން ވެސް އިސްލާހު ކުރުމުގެ ފިއްތުންތައް ކުރިމަތި ކުރުވައެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތަކަށް އެމެރިކާ ބޭނުންވަނީ "އިސްލާހު ކުރެވިފައިވާ" ޕަލެސްޓައިން އޮތޯރިޓީ އެއް ހުޅަނގު އައްސޭރިއާއި ޣައްޒާގައި ވެރިކަން ކުރަން، ނަމަވެސް ފަލަސްތީނުގެ އާންމުންގެ ގިނަ ބަޔަކު ބޭނުންވަނީ ޕީއޭ އުވާލުމަށާއި ރައީސް އައްބާސް އިސްތިއުފާ ދެއްވުމަށެވެ. ބޮޑުވަޒީރުގެ މަގާމު އުފެއްދެވީ 2003 ވަނަ އަހަރު ފަލަސްތީނުގެ ދެވަނަ އިންތިފާޟާއަށްފަހު އިސްލާހު ކުރުމަށް ގޮވާލާ ގޮވާލުންތަކަށް ހައްލެއް ހޯދައިދިނުމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved