March 12, 2026
Advertisement
-
- / އަލްޖަޒީރާ

‎އަހަރެމެން މި ތައްޔާރުވަނީ ސަހްޔޫނީންނާއި އެކު ކުރާ ފަހު ހަނގުރާމައަށް: އިރާންގެ އަސްކަރީ ލީޑަރު

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 19, 2025, 03:33 PM
މާލެ ސިޓީ

އިރާނުން މި ތައްޔާރުވަނީ އިސްރާއީލާ އެކު ކުރާ ފަހު ހަނގުރާމައަށް ކަމަށް އީރާނުގެ އެންމެ މަތީ ލީޑަރު އަދި އަސްކަރީ މުޝީރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ.

Advertisement

އަހަރުމެން މިތިބީ ހަނގުރާމަ ހުއްޓާލުމުގެ މަރުހަލާއެއްގައި ނޫން ކަމަށާއި ހަނގުރާމައިގެ މަރުހަލާއެއްގައި ކަމަށް ޚާމަނާއީ ފާހަގަކޮށްފައިވެއެވެ.

ކޮންމެ ވަގުތަކުވެސް ޔަހޫދީ ސަހްޔޫނީންނާއި އެކު ހަނގުރާމަ ފެށިދާނެ ކަމަށާއި އަދި ދެން ފެށޭ ހަނގުރާމައިން ބޭނުންވަނީ ސަހްޔޫނީންގެ ދުވަސް އެއްކޮށް ދުއްވާލާ މުޅި ސަހްޔޫނީންގެ އާބާދީ ހިމެނޭ ސަރަހައްދު ސުންނާފަތިކޮށްލަން ކަމަށްވެސް ޚާމަނާއި ބުނެފައިވެއެވެ.

މީގެ އިތުރުން، ހަނގުރާމަ ހުއްޓުމެއް ނެތް ކަމަށާއި ސަހްޔޫނީން ގެ ނިމުން އަންނަ ކަމަށް ބުނެ އިންޒާރު ދީފައިވެއެވެ.

ސަހްޔޫނީން ފަލަސްތީނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ ދިފާއުގައި އިރާނުން ތެދުވުމުން ސަހްޔޫނީންގެ ވަރުގަދަ ހަމަލާތައް އިރާނަށްވެސް އަމާޒުކޮށްފައިވެއެވެ.

ސަހްޔޫނީން އަންނަނީ ފަލަސްތީނުގެ މުޅި ޣައްޒާ ހިފުމަށް ތައްޔާރުވެ އެކަމަށް ތައްޔާރުވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved