March 10, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ނޫސްވެރިންގެ ހަމަހިމޭން އިހުތިޖާޖެއް މިއަދުގެ މަޖިލިސް ޖަލްސާގައި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 19, 2025, 06:06 PM
މާލެ ސިޓީ

ރައީސް މުއިއްޒު އައްޔަނުކުރައްވާ މެންބަރުން ހިމެނޭހެން އުފައްދާ މީޑިއާ ރެގިއުލޭޓް ކޮމިޝަނަކަށް މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާ ބިލާއި ދެކޮޅަށް ގިނަ އަދަދެއްގެ ނޫސްވެރިން އަނގަމަތީ އަތްއަޅައިގެން އިހުތިޖާޖެއް ކޮށްފިއެވެ.

Advertisement

ސަރުކާރަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅި މި ބިލު ހުށަހަޅާފައިވާއިރު މީގެ ކުރިންވެސް މީޑިއާތަކުގެ ކޮންޓްރޯލް ނެގުމަށް މިފަދަ ބިލެއް ސަރުކާރަށް ހުށަހަޅާފައިވެއެވެ. ނަމަވެސް ނޫސްވެރިންނާއި ޖަމިއްޔާތަކުގެ ޕްރެޝަރާއި ހުރެ އެ ބިލު ވަނީ އަނބުރާ ގެންގިސްފައެވެ.

މަޖިލިސް ގެލެރީ ސަރަހައްދުގައި ނޫސްވެރިންގެ ހަމަހިމޭން އިހުތިޖާޖު ކުރިއަށް ގެންގޮސްފައިވާއިރު ބައެއް ނޫސްވެރިން ޕޯސްޓަރުތަކެއްވެސް ބޭނުންކޮށްފައިވެއެވެ.

މީގެ ކުރިންވެސް މި ބިލާއި ދެކޮޅަށް ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް މިހާރުގެ ބިލަށް ސަރުކާރުން ތާއީދުކުރުމުން މިއީ އިދިކޮޅު ނޫސްވެރިންނާއި މީޑިއާ ޗެނަލްތަކުގެ އަނގަ ބަންދުކުރުމަށް މުއިއްޒު ކުރައްވާ ކަމެއްގެ ގޮތުގައި ސިފަވެގެންދެއެވެ.

ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ މި ބިލާއި އެކު މީޑިއާގެ މިނިވަންކަން ކަށަވަރު ކޔރެވި، މީޑިއާތައް ބާރުވެރިވެގެންދާނެ ކަމަށް ވިދާޅުވި ނަމަވެސް އިދިކޮޅު ފަރާތްތަކުން އަންނަނީ އެ ބިލު ކުށްވެރިކޮށް ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved