March 26, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

އިންސާފު ހޯދައިދޭން ވާނީ ބުއްދިއަށް ގަބޫލުކުރެވޭ މިންވަރަށް: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Aug 21, 2025, 12:35 AM
މާލެ ސިޓީ

ގައުމުގައި އަދުލު އިންސާފު ގާއިމުކޮށްދޭނަމަ އެއީ އިންސާނުންގެ ހަމަ ބުއްދިއަށް ގަބޫލުކުރެވޭ މިންވަރަށް އޮންނަން ޖެހޭނެ ކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރަކީ އެމަނިކުފާނަށް ނިމިދިޔަ ސަރުކާރުން ކުރީ ނުހައްގު ހަރާން ހުކުމެއް ކަމަށް ބުނެ އިންސާފު ގާއިމުކުރަން އައި ސަރުކާރެއް ނަމަވެސް، ސަރުކާރުން ކަންކަން ކުރަމުން ގެންދަނީ ދިމާ އިދިކީލަ ކޮށް ކަމަށެވެ.

އެގޮތުން އެމަނިކުފާނަށް އިންސާފު ހޯދައިދޭނެކަުގެ ވައުދާއެކު އައިސް، އެމަނިކުފާނަށް އެންމެ އަނިޔާވެރިވި ފަނޑިޔާރުންނަށް މޮޅު ގޮތް ހޯދައިދީފައިވާ އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން ފަނޑިޔާރު އަލީ ރަޝީދުއާ ފަނޑިޔާރު ސަލީމުއަސް މި ސަރުކާރުން ދެއްވި ޕްރޮމޯޝަން އެމަނިކުފާނު ފާހަގަކުރައްވާ ވިދާޅުވީ، އަދުލު އިންސާފަކީ ފޮތުގައި ލިޔެވިފައި އޮންނަ އެއްޗަކަށް އެކަނިވެގެން ނުވާނެ ކަމަށާ އެއީ ހަމަ ބުއްދިއަށް ގަބޫލުކުރެވޭ މިންވަރަށް ހޯދައިދޭން ޖެހޭ އެއްޗެއް ކަމަށެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު އަދުލު އިންސާފަށް އަތް ނުބާނާ ކަމަށާ، އެކަމަކު ސުޕްރީމު ކޯޓުވެސް އެފުށް މިފުށަށް ޖަހައިފި ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved