April 17, 2026
Advertisement
-
- / އަލްޖަޒީރާ

ބޯކޮށް ވާރޭ ވެހި ޔަމަންގައި ފެންބޮޑުވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 21, 2025, 04:59 AM
މާލެ ސިޓީ

ބޯކޮށް ވާރޭވެހި ޔަމަނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ އޭޑެންގައި ފެންބޮޑުވެ އެތައް ބަޔަކަށް އަނިޔާވެ، މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.

Advertisement

މިގޮތުން ގިނަ އަވަށްތަކެއްގައި ބޯކޮށް ވާރޭވެހި ގެތަކާއި ފިހާރަތައް ފުންވެ، ޚާއްސަކޮށް އަލް މުއާލާ ޑިސްޓްރިކްޓްގައި ޓްރެފިކް ހުއްޓުމަކަށް އައިސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފެން ބޮޑުވުމުގެ ސަބަބުން ބައެއް މީހުންނަށް އަނިޔާވި ނަމަވެސް ރަސްމީކޮށް މަރުވި މީހުންގެ އަދަދެއް ހާމަކޮށްފައި ނުވެއެވެ.

ޔަމަނުގެ އިންފޮމޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އުދައެރުމުގައި އަނިޔާވި މީހުންނަށް ފުރިހަމަ ސިއްހީ ފަރުވާ ދިނުމަށް ލޯކަލް ހެލްތު އޮތޯރިޓީތަކަށްގަވަރުނަރު އަހުމަދު ހާމިދު ލަމްލާސް އަންގަވާފައިވާ ކަމަށެވެ.

ޔަމަނުގެ މޫސުމާ ބެހޭ މަރުކަޒުން އިންޒާރު ދީފައި ވަނީ ކުރިއަށް އޮތް ގަޑިތަކުގައި ވެސް ޔަމަނުގެ އިރުމަތީ އަދި ހުޅަނގު ދެކުނު އައްސޭރިފަށުގެ ބައެއް ހިސާބުތަކާއި ރަތް ކަނޑުގެ ސަރަހައްދުތަކުގައި ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved