March 27, 2026
Advertisement
އައްބާސް
އައްބާސް / ސޯޝަލް މީޑިއާ

އައްބާސް ބޮޓޭކޯއަށް: ސިޔާސީ ކައުޅެއް ހެން ދުވީ ކާކުކަން ދިވެހިންނަށް ވަނީ ފެނިފައި

Mariyam Isaadha
މަރިޔަމް އިސާދާ
Aug 23, 2025, 12:55 AM
މާލެ ސިޓީ

ސިޔާސީ ކައުޅެއް ހެން ދުވީ ކާކުކަން ދިވެހިންނަށް ވަނީ ފެނިފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމު ފަލާހުއަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބަސްގެ ވަރުގަދަ ރައްދެއް އަމާޒުކުރައްވައިފިއެވެ.

Advertisement

ރައީސް އަބްދުﷲ ޔާމީނަށް ފާޑުކިޔާ ފަލާހު ކުރި ޕޯސްޓަކަށް ރައްދު ދެއްވާ އައްބާސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި އެއް ޕާޓީއިން އަނެއް ޕާޓީއިން ރިޝްވަތުގެ ހުތުރު ފައިސާގައި ޖެހިގެން ސިޔާސީ ކާޅެއް ހެން ދުވަމުން ދިޔައީ އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހުކަން ދިވެހި ރައްޔިތުންގެ ލޯތަކަށް ފެނިގެން ދިޔަ ކަމަށާ ރައީސް ޔާމީން ވެރިކަމުގައި ޕީޕީއެމްގެ މެންބަރުން ދައްކައިގެން އެ މެންބަރުންނަށް ފަނި ޖައްސަމުން ދުވަމުން ވެރިންގެ ގޮތުގައި ތިބި ބަޔަކު ދިޔައިރު އޭގެ ތެރެއިން ބޮޑު ބައި ދިރުވާލީ ފަލާހު ކަމަށް ވެސް އައްބާސް ވިދާޅުވެފައިވެއެވެ.

ހަމައެހެންމެ މިހާރުވެސް ޕީއެންސީ މެންބަރުންނަށް ފަނި ފޮދު ޖައްސަމުން ދޮންކަޅު އަންގާނުލާ ބޮޑުބައި ޖީބަށް ޖަހައިގެން ދުވަނީ ހަމަ ފަލާހު ކަމަށްވެސް ވިދާޅުވެ އައްބާސް ވިދާޅުވީ އެއީ އޭނާ ދައްކާ ވާހަކަ އެއް ނޫން ކަމަށާ އެއީ ޕީއެންސީގެ ޕާލަމެންޓު މެންބަރުންތަކެއް އެކި ފަހަރު މަތިން އޭނާއާ ދައްކާ ވާހަކަތައް ކަމަށެވެ.

އެ މެންބަރުން ގަބޫލު ކުރާ ގޮތުގައި ކޮންމެ ސަރުކާރެއްގައި ހިޔަލުގައި ހުރެ ފަލާހު ނުހައްޤު މުއްސަދިކަން ހޯދަމުންދާ ކަމާއި އަބަދު ބަސް ނުބުނެ ބަނޑަށް ކުޅުޖަހައިގެން މަޑުން ނުތިބޭނެކަމަށް އެ މެމްބަރުން ބުނަމުން ގެންދާ ކަމަށްވެސް އައްބާސްގެ ޕޯސްޓުގައިވެއެވެ.

ޕީއެންސީގެ ޖޫނިއަރ ގިނަ ޕާލިމަންޓު މެމްބަރުން ތިބީ މާދަމާ ވެސް ރަނގަޅު ގޮތެއް ފެނުނަސް އެގޮތަކަށް ދީލާލާން ތައްޔާރަށް ކަމަށާ ރައްޔިތުން ކުރިމަތީގައި އަނގަފުޅާ ކުރަން ފަލާހު ލަދުގަންނަންވާނެ ކަމަށާ ފަލާހު ދައްކާ ވާހަކަ ހެޔޮ ނުބައި އެނގޭ ރައްޔިތަކު މިއަދު ގަބޫލު ނުކުރާނެ ކަމަށް ވެސް އައްބާސް ވިދާޅުވެފައިވެއެވެ.

ކޮމެންޓު
ކޮމެންޓްތައު
އެކިއި
Aug 23, 2025, 01:28 AM
މިންބަރު ފަލާހުގެ ލަދުހަޔާތުގެ ކަންފުު ޅެއްވެސްނެތު ނީ މާ އެހެންމީހުންއަދި ކިހާ ވަރެށްވާނެ
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved