March 17, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ޣައްޒާ ގްރެފެޓީ މަތީ ފިލްމެއްގެ ޕޯސްޓަރު ހިއްޕައިގެން ރައްޔިތުން ރަތަށް!

Aug 24, 2025, 07:01 PM

ސަހްޔޫނީންގެ އަނިޔާވެރިކަމުން ޣައްޒާގެ ރައްޔިތުން ސަލާމަތްކުރުމަށް ގޮވާލާ މާލޭގެ ބޮޑުތަކުރުފާނު މަގުގެ ފާރުގައި ހުރި ގްރެފެޓީ މަތީ "ކަނބުލޮ" ފިލްމުގެ ޕޯސްޓަރު ހިއްޕުމުން ގިނަ ބަޔަކު އެ ފިލްމު ބޮއިކޮޓު ކުރަން ގޮވާލައިފިއެވެ.

Advertisement

މީސްމީޑިޔާގަައި ދައުރުވަމުން އަންނަ ފޮޓޯ ވީޑިޔޯ އިން ފެންނަ ގޮތުގައި އުސްފަސްގަނޑު ސަރަހައްދުގެ ފާރުގައި ހުރި ގްރެފެޓީ މަތީ ވަނީ މި މަހުގެ 31 ވަނަ ދުވަހު ރިލީސްކުރުމަށް ހަމަޖެހިފައިވާ ފިލްމެއްކަމަށްވާ ކަނބުލޮ ފިލްމުގެ ޕޯސްޓަރު ހިއްޕާފައި ހުއްޓައެވެ.

ބައެއް ފަރާތްތަކުން ވަނީ އެއީ ވަރަށް ދަށު ދަރަޖައިގެ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ފިލްމެއް ޕްރޮމޯޓުކުރުމުގެ ނަމުގައި އެގޮތަށް ޣައްޒާ ގްރެފިޓީމަތީ ނޫނަސް ޕޯސްޓަރުތައް ހިއްޕާނެ ޖާގަ މާލެގައި އޮތްކަމަށް މީހުން ބުނެފައިވެއެވެ.

މަޝްހޫރު ފިލްމު ޕްރޮޑިޔުސަރު ހުސައިން މުނައްވަރުގެ މި ފިލްމަށް ބޮޑު ތަރުހީބެއް ލިބިފައިވަނިކޮށް މިފަދައިން އަމަލު ކުރުމުން މިއަދު ގިނަ ބަޔަކު އަންނަނީ މި ފިލްމު ބޮއިކޮޓްކުރުމަށް ގޮވާލަމުންނެވެ.

ބައެއް ޒުވާނުން ވަނީ އެ ޕޯސްޓަރުތައް އިރާވެސް ލައިފައެވެ.

ފަލަސްތީނުގެ ޣައްޒާއަށް ސަހްޔޫނިން ދެމުންދާ ހަމަލާތަކާއި ފަލަސްތީނުގެ ރައްޔިތުންނަށް ވަމުންދާ އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިންނަކީ އަބަދުވެސް އަޑުއުފުލަމުންދާ ބައެކެވެ. ނަމަވެސް މުޖުތަމައުގައި އުޅޭ ބައެއް މީހުންގެ ފަރާތުން މިފަދަ އަމަލުތައް ފެނުމަކީ ބަލައިގަނެވޭކަމެއް ނޫނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved