މީޑިޔާ ރެގިއުލޭޝަން ބިލުގެ ވޯޓާ ގުޅިގެން ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު، ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް ބިރު ދެއްކި ކަމަށާއި ރިޝްވަތު ވެސް ހުށަހެޅި ކަމަށް ހާމަކުރި ޚަބަރާ ގުޅިގެން ޕީއެންސީގެ މެމްބަރުން އެކަން ދޮގުކުރަން ފެށުމުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް އެކަމަށް ރައްދު ދެއްވާ ވާހަކަފުޅު ދައްކަވައިފިއެވެ
ތޭރަ އޮންލައިންގެ ޚަބަރެއް ހިއްސާކުރައްވާ އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހަށް ހުށަހެޅި ބައެއް ބިލްތަކަށް ބަހުސް ނުކުރުމަށް އަދި ބައެއް ބިލްތަކަށް ވަކި ގޮތަކަށް ވޯޓުލުމަށް އެދި ފަލާހު އާދޭސް ކުރެއްވި ކަމަށެވެ.
އެގޮތުން ފަލާހު އެދޭ ގޮތަށް ބަހުސްކޮށް ވޯޓު ލައިފިއްޔާ އައްބާސް އެދޭ ގޮތަށް ދާއިރާގެ ކޮންމެ ރަށަކުން ފަސް މީހަކަށް ވަޒީފާ ދޭންވެސް ހުށައެޅި ކަމަށާ ހަމަ އެހެންމެ ވަކި ގޮތަކަށް ވޯޓު ލާން ބުނެފައި އައްބާސްއަށް ދޭން ލާރި ކޮޅެއް ހުންނާނެ ކަމަށްވެސް ފަލާހު ބުނެފައި ގެއަށް ގޮސް ލާރި ހިފައިގެން އަންނަން ދެން މަޖިލިސް ކުޑަދަށުގައި މަޑުކޮށްލަން ބުނެ ފަލާހު ގެއަށް ދިޔަ ކަން ވެސް އައްޞާސް ހާމަކުރައްވާފައިވެއެވެ. އަދި އެހެން ބުނެފައި ފަލާހް ދިއުމުން ފަލާހު އަންނަން ދެން މަޑުނުކޮށް އައްބާސް ވަޑައިގެންނެވީ ގެއަށް މީކަމަށްވެސް އައްބާސް ވިދާޅުވިއެވެ.
ސަރުކާރުން ހުށަހެޅި ބައެއް ބިލްތަކަށް ވޯޓު ނުލާނަމަ ވޯޓުގައި ބައިވެރި ނުވުމަށް ވެސް އެދިވަޑައިގެންފައި އެބަހުރި ކަމަށް އައްބާސް ވިދާޅުވިއެވެ.
މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ ބައެއް މެންބަރުންނާމެދު ފަލާހު ނިކަމެތިކޮށް ކަންކަން ކުރާ ކަމަށް ބައެއް މެންބަރުން، އޭނާގެ ގާތު ވިދާޅުވެފައިވާ ކަމަށާއި ބައެއް މެންބަރުންނަށް ގިނައިން ފައިސާ ދީފައި، އަނެއް ބައި މެންބަރުންނަށް މަދުން ފައިސާ ދޭ ކަމަށް އައްބާސް ވިދާޅުވި އެވެ.
އައްބާސް މިފަދައިން ވިދާޅުވެފައި މިވަނީ މިނިވަން މީޑިޔާ އަޅުވެތި ކުރުމުގެ ބޭނުމުގައި ރައީސް މުހައްމަދު މުއިއްޒު ފަހަތުގައި ހުންނަވާ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު ލައްވާ މަޖިލީހަށް ހުށަހެޅި މީޑިޔާ ކޮންޓްރޯލް ބިލް ފާސްކުރުމަށް ޕީއެންސީ މެމްބަރުންގެ މެޖޯރިޓީ ދެކޮޅު ހަދަމުންގެންދާތީ މުއިއްޒުގެ އެންގެވުމުގެ ދަށުން ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ޕީއެންސީ މެމްބަރުންނަށް ބިރު ދައްކާކަމަށް އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.