May 3, 2026
Advertisement
.
. / ރައީސް އޮފިސް

ފުލުހުންގެ މަރުކަޒު އަޅަން 92 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކުރަނީ

Sudha Latheef
ސުދާ ލަތީފް
Aug 26, 2025, 09:13 PM
މާލެ ސިޓީ

ރާއްޖޭގެ 28 ރަށެއްގައި ފުލުހުންގެ މަރުކަޒު އެޅުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު، އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

Advertisement

އިހުސާން ވިދާޅުވީ މިހާރު ހަވާލުކޮށްފައިވާ މަަރުކަޒުތައް އަޅަން ގާތްގަނޑަކަށް 92 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އެވްރެޖުކޮށް ޕޮލިސް ސްޓޭޝަނަކަށް ޖެހެނީ 3.2 މިލިއަން ރުފިޔާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ފުލުހުންގެ މަރުކަޒުތައް އިމާރާތް ކުރަނީ އެކިއެކި އާބާދީތަކާއި ފުލުހުންގެ ހިދުމަތް ބޭނުންވާ މިންވަރެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ސްޓޭންޑާޑް ޑިޒައިންތަކަކަށް ކަމަށެވެ.

އެގޮތުން ބައެއް ރަށްރަށުގައި އިމާރާތް ކުރާ ފުލުހުންގެ މަރުކަޒުތަކުގައި މީހުން ހައްޔަރު ކޮށްފައި ބައިތިއްބާނެ ގޮޅިތަކާއި ފުލުހުންގެ ވެހިކަލް ޕާކު ކުރާނެ ގަރާޖުތައް ވެސް ހިމެނިފައި ހުންނާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

ރާއްޖޭގެ 75 ރަށެއްގައި ފުލުހުންގެ މަރުކަޒު އަޅަން ފެނަކަ ކޯޕަރޭޝަން، އާރްޑީސީ އަދި އެމްޓީސީސީއާ މިދިޔަ މާޗު މަހު ވަނީ ހަވާލުކޮށްފަ އެވެ.

ސަރުކާރުން އަމާޒު ހިފާފައި ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި އަހަރު ތެރޭގައި ފުލުހުންގެ މަރުކަޒުތައް އަޅައި ނިންމުމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved