theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މޑީިޔާ ކސްތޮޅު އަޅުވަން އުޅެނީ މުއިއްޒުގެ އޯޑަރަށް: އައްބާސް / ސޯޝަލް މީޑިއާ
ސިޔާސީ
މީޑިޔާ ކަސްތޮޅު އަޅުވާ ބިލަކީ މުއިއްޒުގެ އޯޑަރަށް ހުށަހެޅި ބިލެއް: އައްބާސް
Mariyam Isaadha
މަރިޔަމް އިސާދާ
26 އޯގަސްޓު 2025
މާލެ ސިޓީ

ރާއްޖޭގެ މީޑިޔާތައް ކަސްތޮޅު އެޅޭ ގޮތަސް ބިލެއް ފަރުމާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސީދާ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އޯޑަރަށް ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ އަނގަ ބަންދުކުރުމަށް މުއިއްޒު ކުރައްވާ ކޮންމެ ކަމަކާ ދެކޮޅަށް އޭނާ ފާޅުގައި ބަސް ބުނެ ކުރިމަތިލާނެ ކަމަށެވެ. އެގޮތުން މިނިވަން މީޑިއާ ކަސްތޮޅު އަޅުވަން ހުށައަޅުއްވާފައިވާ ބިލަކީ ހުދުމުހުތާރު ވެރިކަމެއް ކުރުމަށް ދުރާލާ ރޭވިގެން މަކަރުވެރި ކަމާއެކު ރައީސް ޑރ.މުއިއްޒުގެ އޯޑަރަށް ހުށައަޅާފައިވާ ބިލެއް ކަމަށް އައްބާސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އައްބާސް މިފަދައިން ވިދާޅުވެފައިވާއިރު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި ބިލެއް ހުށަހެޅުއްވީ އެފަދަ ބިލެއް މީގެ ކުރިން ވެސް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. އޭނާއަކީ އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މިނިވަން މެންބަރެކެވެ. ނަމަވެސް މިހާތަނަށް މަޖިލީހުގައި ވޯޓު ދެއްވާފައި ވަނީ ސަރުކާރު ބޭނުންވާ ގޮތަށެވެ. ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި ހަންނާނު ބިލު ހުށަހެޅުއްވީ ސަރުކާރުގެ ހިޔަނީގައި ހުންނަވާއެވެ. އަދި އެ ބިލު ފަރުމާ ކުރުމުގައި އިސްކޮށް ހަރަޖާތްތެރިވި ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމު އިއުތިރާފުވެފައިވެސް ވެއެވެ.

މަޖިލީހުގައި މިހާރު ބަހުސް ފަށާފައިވާ އެ ބިލް އަނބުރާ ގެންދިޔުމަށް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ އިތުރުން ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ގޮވާލައިފައެވެ. އަދި ބިލް އަނބުރާ ގެންދިޔުމަށް ގޮވާލާ މިހާރު ދަނީ ޕެޓިޝަނެއްގައި ސޮއި ކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved