April 3, 2026
Advertisement
-
- / ސީ.އެން.އެން

އެމެރިކާއިން އިންޑިއާގެ މުދަލުން ނަގާ ޓެރިފް 50 އިންސައްތައަށް ބޮޑުކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 28, 2025, 02:01 AM
މާލެ ސިޓީ

ރަޝިޔާއިން އަގު ހެޔޮކޮށް އިންޑިއާއިން ތެޔޮ ގަންނާތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޑިއާއަށް ދީފައިވާ އިންޒާރަށް އަމަލުކޮށް އިންޑިއާއިން އެތެރެކުރާ ގިނަ މުދަލަށް އެމެރިކާއިން ނަގަމުންދިޔަ ޓެރިފް 50 އިންސައްތައަށް އިތުރުކޮށްފިއެވެ.

Advertisement

ނިމިދިޔަ ހަފްތާއިން ފެށިގެން އަމަލުކުރަން ފަށާފައިވާ ޓެރިފްތަކުގެ ސަބަބުން އިންޑިއާގެ އެކްސްޕޯޓް މާކެޓަށް ގެއްލުންތައް ކުރިމަތިވެ، އެ ގައުމުގެ އިގްތިސާދަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

ޓްރަމްޕް ވެރިކަމާއި ހަވާލުވުމަށްފަހު، އެކުވެރި ގައުމުތަކާއި ވާދަވެރި ގައުމުތަކުގެ މުދަލަށް އިތުރު ބޮޑެތި ޑިއުޓީތައް ނަގަން ފަށާފައިވާއިރު، މި މަހުގެ ކުރީކޮޅު ވެސް އިންޑިއާގެ މުދަލުން އެމެރިކާއިން 25 އިންސައްތައިގެ ޓެރިފް ނަގާފައިވެއެވެ.

ނަމަވެސް 50% އަށް ތާރިފް އިތުރުކުރީ، ރަޝިޔާއިން ތެޔޮ ގަތުމުގެ ސަބަބުން ޔޫކްރެއިން ހަނގުރާމައަށް ފައިސާގެ އެހީތެރިކަން ލިބޭ ކަމަށް ބުނެއެވެ.

އެ ފިޔަވަޅުގެ ސަބަބުން އެމެރިކާއިން ބޭރުގެ ގައުމުތަކުގެ މުދަލަށް ޓްރަމްޕް ނަގާފައިވާ އެންމެ ބޮޑެތި ޑިއުޓީތަކާ އިންޑިއާގެ އެކްސްޕޯޓަރުންނަށް ކުރިމަތިލާން ޖެހިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved