theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޕީއެންއެފްގެ އެސްޖީ މަލީހް / މިހާރު
ހަބަރު
‎މުއިއްޒުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމު ފަހަތަށް ޖެހި މިދަނީ ހުދުމުހުތާރު ވެރިކަމަކާއި ދިމާލަށް: މަލީހް
Aiminath Zawjah
އައިމިނަތް ޒަޢުޖާ
28 އޯގަސްޓު 2025
މާލެ ސިޓީ

މުއިއްޒުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމު ފަހަތަށް ޖެހި މިދަނީ ހުދުމުހުތާރު ވެރިކަމަކާއި ދިމާލަށް ކަމަށް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މީޑިއާ ކޮންޓްރޯލް ބިލާއި މެދު ކަންބޮޑުވުން ފާޅުކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހް ވިދާޅުވީ މުއިއްޒު އަންނަނީ ގައުމުގެ މިނިވަން ނޫސްވެރިކަން ފިއްތާލާ މުއިއްޒުގެ އަތް މައްޗަށް ހުރިހާ ބާރެއް ނެގުމަށް ގައުމު އެ ފުށް މި ފުށަށް ޖަހަމުން ކަމަށެވެ.

-

މީގެ އިތުރުން، މުއިއްޒު ފަދަ ޑޮކްޓޯރަލް ޑިގްރީއެއް ހައްދަވައިގެން ހުރި ބޭފުޅަކު މިކަހަލަ ދޯހަޅި ސިޔާސަތުތަކެއް ގައުމުގައި ގާއިމުކުރަން މަސައްކަތް ކުރުމަކީ މި ގައުމުގައި "ޑިކްޓޭޓަރޝިޕް" ވެރިކަމެއް މުއިއްޒު ކުރުމަށް ބޭނުންވާ ކަމުގެ މިސާލެއް ކަމަށް މަލީހް ސިފަކުރެއްވިއެވެ.

މަލީހްގެ ޕޯސްޓްގައި މުއިއްޒު ޕީއެޗްޑީ ހެއްދެވި ލީޑްސް ޔުނިވާސިޓީ ޓެގް ކުރައްވާ ވިދާޅުވީ މުއިއްޒުއަކީ އެ ޔުނިވާސިޓީގެ ކުރީގެ ދަރިވަރެއް ކަމަށް ބުނަން އެ ޔުނިވާސިޓީއިންވެސް ލަދުގަންނާނެ ކަމަށެވެ.

މީޑިއާ ކޮންޓްރޯލް ބިލާއި ގުޅިގެން ގިނަ އަދަދެއްގެ ނޫސްވެރިން އަންނަނީ ސަރުކާރަށް ފާޑުކިޔާ މުޒާހަރާތައް ކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved