May 5, 2026
Advertisement
އެމްޔޫ މަނިކު
އެމްޔޫ މަނިކު / ސޯޝަލް މީޑިއާ

މުހައްމަދު އުމަރު (އެމްޔޫ މަނިކު) އަވަހާރަވުމާއި ގުޅިގެން އެ ބޭފުޅާގެ އާއިލާއަށް ރައީސް ޔާމީން ތަޢުޒިޔާ ފޮނުވައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 30, 2025, 11:08 PM
މާލެ ސިޓީ

މުހައްމަދު އުމަރު (އެމްޔޫ މަނިކު) އަވަހާރަވުމާއި ގުޅިގެން އެ ބޭފުޅާގެ އާއިލާއަށް ރައީސް ޔާމީން ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކޮށް، އެ ސިނާއަތު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު އުމަރު މަނިކު އަވަހާރަވި ޚަބަރު އެހީ ފުން ހިތާމަޔާއި އެކުގައި ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ބޮޑު އެއް ކުންފުނި ޔުނިވާސަލް އެންޓަޕްރައިޒަސްގެ ޗެއާމަން، އެމްޔޫ މަނިކު އަވަހާރަަވީ ސިއްހީ ހާލުކޮޅު ގޯސްވެގެން ޖުލައި މަހު ފަހުކޮޅު ސިންގަޕޫރަށް ގެންގޮސް، މައުންޓު އެލިޒަބަތު ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނިކޮށް މިއަދު ހެނދުނު 6:30 އެވެ.

އަވަހާރަވިއިރު އަނބިކަނބަލަކާއި ދެ ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވި އެވެ. އެ މަނިކުފާނުގެ ޖަނާޒާ އޮތީ ސިންގަޕޫރުގައި ކަމަށާއި ޣައިބަށް ކަށުނަމާދު ކުރުން މިއަދުގެ އަސުރު ނަމާދަށް ފަހު މާލޭ އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށް މައުލުމާތު ލިބިފައިވެއެވެ.

އެމްޔޫ މަނިކަކީ ރާއްޖެއިން ބޭރުން ޓޫރިސްޓުން ގެނައުމާއި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޓޫރިޒަމްގެ ވިޔަފާރި ކުރަމުން އަންނަ ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved