April 24, 2026
Advertisement
މުހައްމަދު މަލީހް ޖަމާލް ޕީއެންއެފް ޖަލްސާގައި
މުހައްމަދު މަލީހް ޖަމާލް ޕީއެންއެފް ޖަލްސާގައި / ޝަފްރާޒް | ތޭރަ އިމޭޖްސް

ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ލަސްވާތީ މަލީހު ނުރުހުން ފާޅުކޮށްފި

Fathmath Reem
ފާތުމަތު ރީމް
Feb 27, 2024, 04:42 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލް ނުވެ ލަސްތަކެއް ވަމުން އަންނާތީ ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީ ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހު ޖަމާލު ނުރުހުން ފާޅު ކުރައްވައިފިއެވެ.

Advertisement

މަލީހު މިފަދައިން ނުރުހުން ފާޅު ކޮށްފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހު ވިދާޅުވީ ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ޝަރީއަތް ނިމި ހުކުމް ކުރާނެ ކަމަށް ބުނިތާ 2 މަހަށް ވުރެ ގިނަ ދުވަސް ފާއިދުވެގެން ގޮސްފި ކަމަށާއި އަދިވެސް ހުކުމް ކުރުމަށް ތާވަލް ކުރެވިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން މަލީހު ވިދާޅުވީ ސުކޫލް ކުދިން ގަޑި ޖެހުނީމަވެސް ފިޔަވަޅު އަޅާ ކަމަށާއި މި ފަދައިން ފަޑިޔާރުން އަމަލު ކުރާއިރު އެބޭފުޅުންގެ މުސާރަ ހަލާލު ވާނެ ކަމާ މެދު ވެސް ވަނީ ސުވާލު އުފައްދާފައެެވެ. މީގެ އިތުރުން މަލީހު ވަނީ މިއީ އިންސާފުވެރި ގޮތް ތޯ ވެސް ސުވާލު އުފައްދާފައެވެ.

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ވ. އާރަށުގެ މައްސަލައިގައި ކުރި ހަރާން ހުކުމުގެ އިސްތިއުނާފު މަރުހަލާގެ އަޑު އެހުންތައް ހުކުމާ ހަމައަށް ވާސިލްވެ 3 މަހާ ގާތްވެފައިވާއިރު އަދިވެސް ހުކުމުގެ މަޖިލިސް ތާވަލްނުކޮށް ދަނީ ލަސްކޮށް ފަސްކުރަމުންނެވެ.

ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ފަހު އަޑު އެހުން ބާއްވާ ދެ ފަރާތަށް ވެސް ފަހު ބަސްބުނުމުގެ ފުރުސަތު ދިނުމަށް ފަހު ރިޔާސަތުން ދެން ވިދާޅުވީ، އިތުރު ކަމެއް ސާފުކުރުމަށް ނެތްނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށެވެ.

އެހެންނަމަވެސް އަދާހަމައަށް ވެސް ކޯޓުން މިކަމުގެ އަދާހަމައެއް ދީފަ އެއް ނުވެއެވެ. މިކަމާ ގުޅިގެން މީގެ ކުރިން ރައީސް ޔާމީން ގެ ގާނޫނީ ޓީމާ އެމަނިކުފާނަށް ސަޕޯޓު ކުރާ ބޭފުޅުންވެސް ވަނީ ހައި ކޯޓަށް ވަޑައިގެން ނުރުހުން ފާޅު ކޮށްފައެވެ. އަދި މީގެ އިތުރުން ރައީސް ޔާމީންގެ ގާނޫނީ ޓީމުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއްވެސް ނެރެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved