April 3, 2026
Advertisement
-
- / ޓައިމްސް އޮފް އިންޑިއާ

50% ޓާރިފްއާއި އެކު އިންޑިއާއިން އެމެރިކާގެ އުފެއްދުންތައް ބޮއިކޮޓް ކުރަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 5, 2025, 05:28 AM
މާލެ ސިޓީ

އެމެރިކާއިން އިންޑިއާއަށް 50% ގެ ޓާރިފްއެއް ނެގުމާއި ގުޅިގެން އެމެރިކާގެ ކުންފުނިތަކުން އުފައްދާ ބެވްރެޖް ޕްރޮޑަކްޓްތައް ބޮއިކޮޓް ކުރުމަށް އިންޑިއާގެ ރައްޔިތުން ގޮވާލާފިއެވެ.

Advertisement

މިގޮތުން، ސްވިގީ އާއި ޒޯމެޓޯ ފަދަ ކާބޯތަކެތި ޑެލިވަރީ ކުރާ އެޕްތައް ބޭނުން ނުކޮށް، އޭގެ ބަދަލުގައި ގޭގައި އިންޑިއާގެ އެޕްތަކަށާއި އުފެއްދުންތައް ބޭނުން ކުރުމުގެ ޕްލޭނެއް ތަމިލް ނާޑޫ ހޮޓެލް އޯނަރސް އެސޯސިއޭޝަނުން ވަނީ އިއުލާންކޮށްފައެވެ.

މިއާއި އެކު އިންޑިއާގެ ކޮންގްރެސް މެމްބަރު ޝާޝީ ތަރޫރު ރަޝިޔާއިން ތެޔޮ ގަންނާތީ އިންޑިއާއާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނަގަމުން އަންނަ ޓެރިފް އަކީ ނުވިސްނާ ކޮށްފައިވާ ކަމެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.

އެމެރިކާއިން އިންޑިއާއިން އިމްޕޯޓްކުރާ މުދަލުން 50 ޕަސެންޓް ޓެރިފް ނަގަމުން އަންނައިރު، އޭގެ ތެރޭގައި ރަޝިޔާއިން ކްރޫޑް އޮއިލް ގަތުމުގެ ސަބަބުން އިތުރު 25 ޕަސެންޓް ޓެރިފްއެއް ނެގުމަށް ޓްރަމްޕް ނިންމާ އޯގަސްޓް މަހު ތެރޭގައި މިކަން ވަނީ އަމަލީ ގޮތުން ފަށާފައެވެ.

ޓްރަމްޕްގެ މި ނިންމެވުމުގެ ސަބަބުން އިންޑިއާ ވަނީ ރަޝިޔާ އާއި ޗައިނާއާ ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ފަށާފައެވެ.

މިގޮތުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ ދާދި ފަހުން ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ދެ ގައުމުގެ ދެމެދުގައި ގުޅުން ގާއިމުކޮށް ވަރުގަދަ ކުރުމަށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved