March 10, 2026
Advertisement
-
- / ވޮއިސް.އެމްވީ

މީޑިއާ ބިލަކީ ސަރުކާރުން ހަދަމުންދާ ބޮޑެތި ގޯސްތައް ފޮރުވުމަށް ގެނައި ބިލެއް: އަމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 7, 2025, 08:07 PM
މާލެ ސިޓީ

މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދަނީ ސަރުކާރުން ހަދަމުންދާ ބޮޑެތި ގޯސްތައް ރައްޔިތުންނަށް ތިލަވާން ފެށުމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.

Advertisement

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ ސަރުކާރުން ހިންގަމުންދާ ވައްކަމާއި ކޮރަޕްޝަންފަދަ ބޮޑެތި ގޯސްތައް މީޑިއާގެ ޒަރީއާއިން ތިލަކުރަމުންދާތީ އާއި ރައްޔިތުންގެ ޓެކްސް ފައިސާއާއި ދައުލަތުގެ އާމްދަނީ ނަހަމަ ގޮތުގައި ބޭނުން ކުރެވެމުންދާ ކަމަށާއި، އެ ވާހަކަތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުން ހުއްޓުވުމަކީ މި ބިލުގެ މަޤްސަދެއް ކަމަށެވެ.

އެ ވާހަކަތައް ހުއްޓުވުމަށް ކުރަން ހުރި ހުރިހާ މަސައްކަތެއް ކުރުން އެއީ ސަރުކާރުން ބޭނުންވާ ގޮތަކީ. މީޑިއާތަކުން މި ވާހަކަތައް ރައްޔިތުންނާއި ހަމައަށް ގެނެސްދޭތީ

އަމީން ވިދާޅުވިއެވެ.

މިއާއިއެކު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް މި އިންތިޚާބު ބޮޑު ތަނުން ކާމިޔާބުކުރުމަށް މުއިއްޒު ރަށްރަށަށް ވަޑައިގެން ގިނަ މަޝްރޫއުތަކުގައި ސޮއިކޮށް، ކޮންމެ ރަށެއްގައި އޭޓީއެމްތައް ހުޅުވަމުން އަންނާތީ އަމީން ވިދާޅުވީ މިކަންކަމުންވެސް ހާމަވަނީމަޝްރޫއުތައް ހުއްޓިފައި ހުރީ ބަޖެޓުގައި ފައިސާ ނެތިގެން ނޫން ކަމަށާއި، ކަންކަން ހުއްޓިފައި ހުރީ ސަރުކާރުގެ ނާޤާބިލުކަމާއި ނޭއްގާނީ އަމަލުތަކުގެ ސަބަބުން ކަމަށެވެ.

މީގެ އިތުރުން، މީޑިއާ ކޮންޓްރޯލް ބިލުގެ މަޤްސަދަކީ ޓާގެޓުކޮށްގެން ވަކި މީޑިއާ ޗެނަލްތަކެއް ހުއްޓުވުންކަމަށްވެސް އަމީން ވިދާޅުވިއެވެ. އަދި ބިލު ފާސްވެއްޖެނަމަ ވަކިވަކި ޗެނަލްތަކުގެ ބާރު ކަނޑުވާލައި، އެ ޗެނަލްތަކާމެދު ފިޔަވަޅު އަޅާނެކަމަށްވެސް އަމީން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved