March 27, 2026
Advertisement
-
- / ތޭރަގްރެފިކްސް

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީ ގެ ކެޑިޑޭޓުންނަށް ވޯޓުދީ ރައްޔިތުން އަމިއްލައަށް އަދަގޮޑި ނުޖެހޭ: އައްބާސް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 8, 2025, 09:35 PM
މާލެ ސިޓީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީ ގެ ކެޑިޑޭޓުންނަށް ވޯޓު ދީފިނަމަ އެއީ ރައްޔިތުން އަމިއްލައަށް އަދަގޮޑި ޖެހުން ކަމުގައި ނ.ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ސިފަކޮށްފިއެވެ.

Advertisement

އައްބާސް ކޮށްފައިވާ އެކްސް ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި ރައްޔިތުން މިއަދު ތަހައްމަލް ކުރަންޖެހިފައިވާ ހުރިހާ ދަތި އުދަގޫ ތަކެއް ކުރިމަތިވެފައި މިވަނީ ރައްޔިތުން މަޖިލީސްގެ ޕީއެންސީ މެންބަރުންގެ ޒިންމާދާރުކަން ކުޑަ ނުބައި ނުލަފާ ކަމުން ދިމާވެފައިވާ މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ.

މިގޮތުން، އެއްވެސް ހައްދެއްނެތް މިންވަރަށް ރައީސް މުއިއްޒު އިސްރާފުކުރުމަށް ބަޖެޓް ފާސްކޮށްދީ ސަރުކާރުން ކުރަމުންދާ ބޭކާރު ޚަރަދުތައް ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ނުކޮށް، ސަރުކާރު ޖަވާބުދާރީ ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރައްވާކަން އައްބާސްގެ ޕޯސްޓްގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވާފައި ތިބީ ރައްޔިތުން ކުރައްވާ ފުރިހަމަ އިތުބާރެއްގެ ސަބަބުން ކަމަށް ފާހަގަކުރައްވާ އައްބާސް ވިދާޅުވީ ޕީއެންސީގެ މެންބަރުން އޮޕަރޭޓް ކުރަމުން ގެންދަނީ ރައްޔިތުންނާއި ދެކޮޅަށް ކަމަށެވެ.

އެއީ ސަރުކާރުގެ ތެރެއިން ހިންގަމުންދާ ވައްކަމުގެ މައްސަލަތައް އެގި ތިބެ އެކަމާއި ދެކޮޅަށް މަޖިލީހުގައި ބަހުސް ކުރައްވަން އެބޭފުޅުންނަށް ކެރިވަޑައިނުގަންނަވާތީ ކަަމަށް އައްބާސް ބުނެފައިވެއެވެ.

މިކަމުގެ ސަބަބުން ސިޔާސީ މަންފާއަށް ދައުލަތުގެ ބަޖެޓް މުއިއްޒު ލޫޓު ވަމުން އަންނަ ކަމަށާއި ގައުމީ ހާލަތަށް އެއްވެސް ވަރަކަށް ބަލާލުމެއް ނެތި ޚަރަދުކުރައްވަމުން އަންނަ ކަމަށެވެސް މި ޕޯސްޓްގައި ބުނެފައިވެއެވެ.

ސަރުކާރުން ހަދާ ގޯސްތަކާއި، ހިންގަމުންދާ ކޮރަޕްޝަނާއި ވައްކަމުގެ ވާހަކަތައް ފަހަކަށް އައިސް އައްބާސް އަންނަީ ދައްކާ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved