March 27, 2026
Advertisement
ޕީއެންއެފް ޖަލްސާ މިރޭ އޮންނާނެ
ޕީއެންއެފް ޖަލްސާ މިރޭ އޮންނާނެ / ސޯޝަލް މީޑިއާ

ޕީއެންއެފްގެ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް އެ ޕާޓީއިން ހާމަކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Sep 11, 2025, 07:52 PM
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް އެ ޕާޓީއިން ހާމަކޮށްފިއެވެ.


އެ ޕާޓީން ހާމަކުރި ގޮތުގައި ޖަލްސާ އޮންނާނީ މިރޭ ހ. ދޫވެހީގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އެ ޕާޓީގެ އޮފީހުގައެވެ. ޖަލްސާ ފެށޭނީ މިރޭ 8:45 ގައި ކަމަށް ވެސް އެ ޕާޓީއިން ހާމަކޮށްފައިވެއެވެ.

މިރޭގެ ޖަލްސާގައި ވެސް ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެން އިންސާފުކޮށްދެއްވާއިރު އެމަނިކުފާނުގެ ސިޔާސަތު ގަބޫލުކުރައްވާ ބިނާކުރަނިވި ފިކުރަށް ތާއީދުކުރައްވާ ވީހާވެސް ގިނަ ބޭފުޅުން ޖަލްސާގައި ބައިވެރިވުމަކީ ޕީއެންއެފްގެ ވަރަށް ބޮޑު އެދުމެކެވެ.

ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ކަމު ވޮށިގެންވާ ބޭފުޅުން ވާހަކަފުޅު ދައްކަވައެވެ.

މީގެ އިތުރުން ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ސަރުކާރުން ހިންގަމުންދާ ނޭދެވޭ އަދި ނުރަނގަޅު ސިޔާސަތުތައް ފާހަގަކޮށް ޕީއެންއެފުން ގެންދަނީ ސިލްސިލާކޮށް ޓައުން ހޯލު ޖަލްސާތައް ބާއްވާ ސަރުކާރު ޒިންމާދާރުކުރުވަން ގިނަ ގުނަ މަސައްކަތްކުރަމުން ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ދާދި ފަހުން ވަނީ ގައުމުގައި ހުރި ގިނަ މައްސަލަތަކަށް ނަޒަރު ހިންގާލާ ގިނަ އަދަދެއްގެ ރައްޔިތުންނާ އެކު "ވޭކް އަޕް"ގެ ނަމުގައި ވެސް ޖަލްސާއެއް ބާއްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved