ދިވެހިރާއްޖޭގެ ސިޔާސީ މަޞްރަޙުގައި މިހާރު އެންމެ ބޮޑަށް ބަހުސްކުރެވެމުންދާ އެއް މައުޟޫޢަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމުގެ ވާހަކައެވެ. މިއީ ޚަރަދު ކުޑަކުރުމުގެ ނަމުގައި ދެވޭ ދަޅައަކަށް ވީ ނަމަވެސް، މީގެ ސަބަބުން ނިކުމެދާނެ ނޭދެވޭ ނަތީޖާތަކާއި ރައްޔިތުންނަށް ލިބޭނެ ގެއްލުންތަކަކީ އިންތިހާއަށް ބޮޑު ކަންތައްތަކެކެވެ.
މާޒީއަކީ ހިތި މާޒީއެއް އަކަށްވުމުން އެ މާޒީ މަތިން ހަނދާން ނައްތާލާ ދިރިއުޅުމުގައި ނަލަ އުއްމީދުތަކެއް ކޮށް ކުރިއަށް ހިނގުމަކީ ވަރަށް ހިތްވަރު ގަދަ އަދި ސާބިތު މީހާއަކަށް މެނުވީ ނުވާނެކަމެކެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވަނީ 2028 ވަނަ އަހަރު ޕީއެންސީގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީ ނުބާއްވާނެ ކަމަށް އެ ޕާޓީގެ ޗެއަރ އަދި މަޖިލިސް ރައީސް އަދުރޭ ވިދާޅުވެފައިވާ ކަމަށް "ސަން" އޮންލައިންގައި ޝާއިއުކޮށްފައިވާ ޚަބަރެއްގެ ސްކްރީން ޝޮޓު ހިއްސާކުރައްވާ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.