April 3, 2026
Advertisement
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލާ ބިލް ފާސްކޮށްފި
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލާ ބިލް ފާސްކޮށްފި / ރައީސް އޮފިސް

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލާ ބިލް ފާސްކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Feb 11, 2026, 03:02 AM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

Advertisement

މިއަދު ނެގި ވޯޓުގައި އެ ބިލު ފާސްކުރީ 72 މެންބަރުންގެ ވޯޓާއެކުއެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް އެ ވޯޓުގައި ބައިވެރިވިއެވެ.

އެ ބިލާ ދެކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ. އެއީ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާނެވެ.

މި ބިލް ފާސްކުރަން އުޅޭތީ އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖުކޮށްފަ އެވެ. އިހްތިޖާޖުކުރުމުން ރިޔާސަތުން ވަނީ ނަން އިއްވައި އެ މެންބަރުން މަޖިލީހުގެ ތަޅުމުން ނެރެފައެވެ.

އެމްޑީޕީގެ މެންބަރުން ތުހުމަތުކުރާގޮތުގައި މިއީ ރައްޔިތުންގެ ބާރު ކަނޑުވާލައި ރައީސް މުހައްމަދު މުއިއްޒު ވެރިކަމުގައި ގިނަ ދުވަހު ހުންނެވުމުގެ ގޮތުން ކުރަން އުޅޭ ކަމެކެވެ.

ދެ އިންތިހާބު އެއްކޮށްލަން ފެންނަ ނުފެންނަ ވޯޓަކަށް އަންނަ ކައުންސިލް އިންތިހާބު އޮންނަ ދުވަހަކު ވޯޓު ނަގާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު މިއީ ބިރުވެރި ނުރައްކާތެރިކަމެއްގެ ގޮތުގައިވެސް ސިފަކުރަމުންދެއެވެ. އެގޮތުން މިއީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ގެއްލުވާލުމަށް ހިންގަން އުޅޭ ޖަރީމާއެއްގެ ގޮތުގައި މަސްރަހު ދިރާސާ ކުރާ މީހުން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved