ކުކުޅު ފިހާރައިން ކުރިން 590ރ. އަށް ވިއްކަމުން ދިޔަ 400ގ. 24 ޕެކެޓް ހިމެނޭ ކުކުޅު ކުރަނޑި ކޭހެއް މިހާރު 490ރ. އަށް ލިބިގެންދާނެއެވެ.
939ރ. އަށް ވިއްކަމުންދިޔަ 450ގ ގެ ޕެޓީސް 22 ޕެކެޓް ހިމެނޭ ބާގާ ޕެޓީސް ކޭހެއް މިހާރު 789ރ. އަށް ލިބޭނެ
ކުކުޅު ފިހާރައިން ވިއްކާ ސްލައިސް ޗީޒްގެ ތަފާތު ތިން ސައިޒެއް މިހާރު ބާޒާރުން ލިބެން ހުރެއެވެ.
ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖަރު މައުލޫމާތު ދިން ގޮތުގައި އެ ފިހާރައިން ފެށި މި ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ 10 ބޯންލެސް ޗިކަން ކޭހަކަށް އެއް ކޭސް ހިލޭ ލިބިގެން ދާނެ ކަމަށެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ކުކުޅު ކުރަނޑި ކޭސް ޕްރޮމޯޝަންގެ ޕޯސްޓަށް އެންމެ ގިނަ ލައިކް، ޝެއާރ، ޓެގް އަދި ކޮމެންޓް ކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކުވެސް އެންމެ ގިނަ ލައިކް ޝެއާރ އަދި ޓެގް ކުރާ ފަރާތްތަކަށް ކުކުޅު ކުރަނޑި ކޭހެއް ލިބިގެން ދާނެ
ކުކުޅު ފިހާރައިން ހާމަކޮށްފައިވާ ގޮތުގައި ވިއްކާ ޖަމްބޯ ޕްރައުންސް ކޭހަކުން 200ރ އަގު ހެޔޮ ކުރަން ނިންމާފައިވާ ކަމަށެވެ.
ތަންދޫރީ ޗިކަން ޓިއްކާގެ ހިމެނޭ 240ގ. 20 ޕެކެޓް ހިމެނޭ ކޭހެއް 980ރ. އަަށް އެ ފިހާރައިން ލިބޭ
އެ ފިހާރައިން ވިއްކަމުން ދިޔަ ބޯވަދިލަ މަހުގެ އެއް ކިލޯގެ 10 ޕެކެޓް ހިމެނޭ ކޭހަކުން މިހާރު ވާނީ 100ރ. ހެޔޮކޮށްފައެވެ. އެއާއެކު ކުރިން 1،490ރ. އަށް ވިއްކަމުން ދިޔަ ބޯވަދިލަ މަސް ކޭހެއް 1،340ރ. އަށް މިހާރު ލިބެން ހުންނާނެ
ބޯން ބްރައިޓަކީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފިނި ކުރި ކާބޯތަކެތި ފޯރުކޮށްދެމުން އަންނަ ކުކުޅު ފިހާރަ ހިންގާ ކުންފުންޏެވެ.
ޕްރޮމޯޝަނާ ގުޅިގެން މައުލޫމާތު ދެމުން ކުކުޅު ފިހާރައިން ބުނެފައިވަނީ، ގަންނަ ބޯވަދިލަ މަސް ހިމެނޭ 10 ކޭހަކަށް އެއް ކޭސް ހިލޭ ލިބިގެންދާނެ ކަމަށެވެ.