April 29, 2026
Advertisement
ކުކުޅު ފިހާރައިން ވިއްކާ ބާގާ ޕެޓީސް ކޭސްއަކުން 150ރ އަގުހެޔޮ ކުރުން
ކުކުޅު ފިހާރައިން ވިއްކާ ބާގާ ޕެޓީސް ކޭސްއަކުން 150ރ އަގުހެޔޮ ކުރުން / ފޭސްބުކް

ކުކުޅު ފިހާރަ: ބާގާ ޕެޓީސް ކޭހަކުން 150ރ އަގުހެޔޮކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jul 7, 2025, 06:21 PM
މާލެ ސިޓީ

ފިނި ކުރި ކާބޯތަކެތި ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ ކުކުޅު ފިހާރައިން ވިއްކާ ކްރިސްޕީ ޗިކަން ބާގާ ޕެޓީސް ކޭހަކުން 150ރ. އަގުހެޔޮކޮށްފި އެވެ.

Advertisement

ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މާޝިތާ އާދަމް ވިދާޅުވީ، ކުކުޅު ފިހާރައިން ވިއްކާ ބާގާ ޕެޓީސް ކޭހަކުން 150ރ. މިހާރު ހެޔޮކޮށްފައިވާނެ ކަމަށެވެ.

މިގޮތުން ކުރިން 939ރ. އަށް ވިއްކަމުންދިޔަ 450ގ ގެ ޕެޓީސް 22 ޕެކެޓް ހިމެނޭ ބާގާ ޕެޓީސް ކޭހެއް މިހާރު 789ރ. އަށް ލިބޭނެ ކަމަށް މާޝިތާ ވިދާޅުވި އެވެ.

ގަނޑުކުރި ކުކުޅާ ކޮށި ކުކުޅު، ކުކުޅުފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީ ފުޑް، ސޮސެޖް، ޓާކީ، އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒްގެ އެކި ބާވަތްތައް ވެސް ހެޔޮ އަގުގައި ކުކުޅު ފިހާރައިން ލިބެން ހުންނާނެ އެވެ.

މީގެ އިތުރުން ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ކުކުޅު ފިހާރައިން ފޯރުކޮށްދެ އެވެ.

ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ އިތުރު މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން / 9986575 ލިބޭނެ އެވެ.

ކުކުޅު ފިހާރައިގެ އަމާޒަކީ އަބަދުވެސް ޖީބަށް ލުއި ކޮލެޓީ ތަކެތި ކަސްޓަމަރުންނަށް ފޯރުކޮށްދިނެމެެވެ.

ކުކުޅު ފިހާރައިން މިފަހުން ވަނީ ކުކުޅު ކުރަނޑި ކޭހެއް ހިލޭ ލިބޭ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved