April 9, 2026
Advertisement
ކުކުޅު ފިހާރަ: ޗިކަން ސްޓްރިޕް ކޮންމެ ކޭހަކުން 100ރ. ހެޔޮކުރުން
ކުކުޅު ފިހާރަ: ޗިކަން ސްޓްރިޕް ކޮންމެ ކޭހަކުން 100ރ. ހެޔޮކުރުން / ފޭސްބުކް

ކުކުޅު ފިހާރަ: ޗިކަން ސްޓްރިޕް ކޮންމެ ކޭހަކުން 100ރ. ހެޔޮކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
May 11, 2025, 05:38 PM
މާލެ ސިޓީ

ކުކުޅު ފިހާރަ އިން ވިއްކާ ޗިކަން ސްޓްރިޕް ކޮންމެ ކޭހަކުން 100ރ. ހެޔޮކޮށްފި އެވެ.

Advertisement

ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖަރ މާޝިތާ އާދަމް މިއަދު "ތޭރަ އޮންލައިން" އަށް ވިދާޅުވީ، ކުކުޅު ފިހާރައިން ވިއްކާ ޗިކަން ސްޓްރިޕް ކޭހަކުން 100ރ. އަގު ހެޔޮކޮށްފައިވާ ކަަމަށެވެ.

މިއާއެކު ކުރިން 939ރ. އަށް ވިއްކަމުން ދިޔަ 700ގގެ 12 ޕެކެޓް ހިމެނޭ ޗިކަން ސްޓްރިޕް ކޭހެއް މިހާރު 839ރ. އަށް ލިބިގެންދާނެ ކަމަށް ވެސް މާޝިތާ ވިދާޅުވި އެވެ.

ގަނޑުކުރި ކުކުޅާ ކޮށި ކުކުޅު، ކުކުޅުފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީ ފުޑް، ސޮސެޖް، ޓާކީ، އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒްގެ އެކި ބާވަތްތައް ވެސް ހެޔޮ އަގުގައި ކުކުޅު ފިހާރައިން ލިބެން ހުންނާނެ އެވެ.

މީގެ އިތުރުން ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ކުކުޅު ފިހާރައިން ފޯރުކޮށްދެ އެވެ.

ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ އިތުރު މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން / 9986575 ލިބޭނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved