March 22, 2026
Advertisement
-
- / ޓައިމްސް އޮފް އިންޑިއާ

ހިންދު ހަރުކަށި ފިކުރުގެ މޯދީއާއި ދެކޮޅަށް އިންޑިއާގެ ބިހާރްގައި ވަރުގަދަ މުޒާހަރާތަކެއް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 13, 2025, 01:43 AM
މާލެ ސިޓީ

ހިންދު ހަރުކަށި ފިކުރުގެ މޯދީއާއި ދެކޮޅަށް އިންޑިއާގެ ބިހާރްގައި ވަރުގަދަ މުޒާހަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

Advertisement

އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ބޮޑު ވަޒީރު މޯދީއަށް ބަދުބަސް ބުނި ކަމަށް ތުހުމަތުކޮށް އިންޑިއާ ސަރުކާރުން ވަނީ ފަސް ގަޑިއިރަށް ބިހާރު ސަރަހައްދު "ޝަޓްޑައުން" ކޮށްފައެވެ.

މިގޮތުން، ހެނދުނު 7 އިން މެންދުރު ވަންދެން ގިނަ ފިހާރަތައް ބަންދުކޮށްފައި ހުރުމުން ޕަޓްނާ، ބާގަލްޕޫރު، ދަރުބަންގާ އަދި އެހެނިހެން ސަރަހައްދުތަކުގައި މުޒާހަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މީގެއިތުރުން، މުޒާހަރާގެ ބައިވެރިން ވަނީ މޯދީ އެމީހުންގެ ކިބައިން މައާފަށް އެދެންޖެހޭނެ ކަމަށް ގޮވާލާ މިއީ ސަރުކާރުން ހިންގި ސިޔާސީ ސްޓަންޓެއް ކަމަށް ބުނެފައެވެ.

ނޭޕާލްގެ ރައްޔިތުން އެ ގައުމުގެ ސަރުކާރާއި ދެކޮޅަށް ތެދުވި ގޮތަށް ބިހާރުގެ ރައްޔިތުން މޯދީއާއި ދެކޮޅަށް ނުކުތުމަށް ތައްޔާރު ކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

ކުރިއަށް އޮތް އިންތިހާބުގެ ކުރިން ބިހާރުގެ ސިޔާސީ މަސްރަހު ހޫނުކަން އިތުރުވެފައިވާއިރު، ސިޔާސީ މިންގަނޑުތައް ދަށަށް ގެންގޮސްފައިވާ ކަމަށް ދެ ފަރާތުން ވެސް ވަނީ އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތުކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved