

ތާކުން ތާކު ނުޖެހޭ މީހަކު ގައުމުގެ ވެރިކަމުގައި ހުރުމުން ވާނެ ގޮތް މިއަދު ރާއްޖެއިން ފެންނަމުންދާ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވީ މީޑިޔާ ފެންޑާ އުވާލަން ނިންމުމުން ފާޑުވިދާޅުވުން ރައީސް މުއިއްޒަށް އަމާޒުކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނޫސްވެރިންނަށް ރައީސް އޮފީހަށް ވަންނަ މީހުންނަށް ފާރަވެރިވެ ސުވާލު ކުރަން ތިބެން މަގު ފަހި ކުރަން ކަމަށް ބުނެ ރައީސް އޮފީހުން ހުޅުވި މީީޑިޔާ ފެންޑާ އުވާލަން ރައީސް އޮފީހުން ނިންމި ނިންމުމަށް އިޝާރާތްކުރައްވާ މަލީހު ވިދާޅުވީ، ކަނޑުކޮހަކު ގައުމު ހިންގަން ހަވާލުވުމުން ކަންކުރާނެ ގޮތް ފެންނަމުންދާ ކަމަށާ، ވެރިކަމާ ހަވާލުވާން ރައީސް މުއިއްޒުކައިރީ މީހަކު ނުބުނާ ކަމަށާ އެކަން ކުރީ އަމިއްލައަށް ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ދެން ތިމަންނާއަށް މި ޒިންމާ ނުއުފުލުނުކަން އަމިއްލައަށް ގަބޫލުފުޅުކުރައްވާ ރައީސް މުއިއްޒު އިސްތިއުފާ ދެއްވަން ވެއްޖެ ކަމަށް ދޭހަވާ ފަދަ މޭރުމަކުން މަލީހު ވަނީ ވިދާޅުވެފައެވެ.
Kandokohaku qaumu hingumaa havaaluveema kankuraane goiy mifennanee. Kaaku thoa Muizz kairee bunee mikan eynayah vaane ey. Nuviennu. Dhen faibaa. pic.twitter.com/dmyxxUFQkM
— Mohamed Maleeh Jamal (@maleehjamal) September 14, 2025
މަލީހުގެ ފާޑުކިޔުން ރައީސް މުއިއްޒަށް އަމާޒުކުރެއްވިއިރު ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މީޑިއާ ފެންޑާ އުވާލީ ހުއްދަ ނުހޯދައި "ނޫސްވެރިންގެ ނަމުގައި" ބަޔަކު އެތަނަށް ވަދެ އުސޫލާ ހިލާފު ކަންކަން ކުރަމުންދާތީ ކަމަށް ބުނެއެވެ.
އެތަނަށް ނޫސްވެރިން އެއްވެ އަޑުއުފުލާތީ އެތަނުގެ ބޭނުން ހިފާ ބައެއް ނޫސްވެރިން ޝަކުވާ ކުރި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ. ނަމަވެސް، މެއި 29، ގައި އެތަން ހުޅުވި ފަހުން މި ހަރަކާތްތަކާއި ޖެހެންދެން މީޑިއާ ފެންޑާ ހުރީ ފަޅަށެވެ. މުޒާހަރާތަކުގެ ތެރެއިން، އެތަނުގައި ނޫސްވެރިން މަސައްކަތް ވެސް ކުރި އެވެ.
މިކަން މިހެން ރައީސް އޮފީހުން ކޮށްފައި މިވަނީ، މީޑިޔާ ރެގިއުލޭޓު ކުރުމުގެ ނަމުގައި މީޑިޔާ ކޮންޓްރޯލު ކުރާ ބިލެއް ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ބަލައިގަނެ، ސަރުކާރަށް މީޑިޔާ ކޮންޓްރޯލު ކުރުމަށް އަޑީގައި ތިބެގެން މަސައްކަތްކުރަމުންދާތީ އެ މީޑިޔާ ފެންޑާގައި ތިބެ ނޫސްވެރިން އިހުތިޖާޖުކޮށް، އަދި ވަޒީރުންނާ ވެސް ވަދެ ނުކުމެ ހެދުމުގައި ސުވާލުކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.