
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގައި މަޝްރޫއުތައް ކުންފުނިތަކަށް އެވޯޑުކުރާއިރު އެ ކުންފުނިތަކުގެ ފެންވަރަށް ނުބަލާކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަލީހު ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް ވައުދުވެ އައި ސަރުކާރެއް ނަމަވެސް މި ސަރުކާރުގައި ކޮރަޕްޝަން ހުއްޓުވަން މަސައްކަތް ނުކުރާ ކަމަށާ ކޮރަޕްޝަން ވަނީ މި ސަރުކާރުގައި އިންތިހާއަށް ގިނަ ވެފައި ކަމަށްވެސް މަލީހު ވިދާޅުވެފައިވެއެވެ.
މަޝްރޫއުތައް އެވޯޑުކޮށް ދޫކުރުމުގައި ބަލަނީ ފެންވަރާ ގާބިލިއްޔަތު ކަމަށް ނޫން ކަމަށް ވިދާޅުވެ މަލީހު ވަނީ، ޕްރޮޖެކްޓުތައް އެވޯޑުކުރަނީ ފިނޭންސް މިނިސްޓްރީއިން ބޭނުންވާ އެ މިނިސްޓްރީއާ ގާތް ގުޅުން އޮންނަ ބަޔަކަށް ކަމަށް ތުހުމަތު ކުރައްވާފައެވެ މަލީހު ވިދާޅުވީ މިއީ ނަމަވެސް ދިވެހިން ދެކެން ބޭނުންވާ ދުވަހެއް ނޫން ކަމަށެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒުގެ ސަރުކާރަކީ ދިވެހި ތާރީޚު މިހާތަނަށް ދުށް އެންމެ ކޮރަޕްޓު ސަރުކާރުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ސަރުކާރެއްކަން ފާހަގަކޮށްލެވެއެވެ.










