July 21, 2026
Advertisement
ކަންކަމުގައި ސަރުކާރަށް ބަރޯސާވާހާ ހިނދަކު މިނިވަންކަން އަތުވުން ދުރު: މަލީހު
ކަންކަމުގައި ސަރުކާރަށް ބަރޯސާވާހާ ހިނދަކު މިނިވަންކަން އަތުވުން ދުރު: މަލީހު / މިހާރު

ކަންކަމުގައި ސަރުކާރަށް ބަރޯސާވާހާ ހިނދަކު މިނިވަންކަން އަތުވުން ދުރު: މަލީހު

Jul 21, 2026, 02:54 PM
މާލެ ސިޓީ

ދިރިއުޅުމުގެ އެކި ކަންކަމުގައި ސަރުކާރަށް ބަރޯސާވާވުމަކީ އަމިއްލަ މިނިވަންކަން ކަށަވަރުކުރުމުގައި ރައްޔިތުންނަށް ދިގުރާސްތައެއް ކަޑައްތުކުރަން ޖެހޭ ކަމެއް ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި ކުރެއްވި މާނަފުން ޕޯސްޓެއްގައި މަލީހު ވިދާލުވެފައިވަނީ، ފަރުދުން "ސަރުކާރުގެ ކޮއްތަށް"  ބަރޯސާވާހާ ދުވަހަކު ހަގީގީ މިނިވަންކަމަށް ކުރާ ދަތުރުގައި މަންޒަލު އަތުވުވުމުގެ ރާސްތާ ދިގުވާނެ ކަމަށެވެ.

އޭގެ ބަދަލުގައި އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ސަގާފަތް ކުރިއަރުވަން ޖެހޭ ކަމަށާ އެކަމަށް ސަރުކާރުގެ ސިޔާސަތު ބަދަލު ކުރަން ޖެހޭ ކަމަށްވެސް މަލީހު ވިދާޅުވެފައިވެއެވެ.

ބެލެވޭ ގޮތުގައި މަލީހުގެ ޕޯސްޓުގައި އިޝާރާތްކުރައްވާފައިވަނީ، ސަރުކާރުގެ ވަޒީފާތަކުގެ އަޅުންނަށާ ސިޔާސީ މަގާމުތަކުގެ އަޅުންނަށް ރައްޔިތުންނަށް ހަދަމުންދާ ދިއުމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved