March 17, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މީޑިއާ މިނިވަންކަން ނެތިކޮށްލާ ބިލު ފާސްކުރަން މާދަމާ ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް ބާއްވަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 15, 2025, 10:48 PM
މާލެ ސިޓީ

މީޑިއާތަކުގެ ފުލް ކޮންޓްރޯލް ނެގުމަށް ސަރުކާރު އަޑީގައި އޮވެ ހުށަހަޅާފައިވާ ބިލު ފާސްކުރުމަށް ދައުރުން ބޭރުން މާދަމާ ޖަލްސާއެއް ބާއްވަން ތާވަލުކޮށްފިއެވެ.

Advertisement

މި ބިލު ދިރާސާ ކުރާ ކޮމިޓީ ބައްދަލުވުމެއް މިއަދު ކުރިއަށްގެންގޮސްފައިވާއިރު މި ބިލުގެ ސުންގަޑި މިރޭ 23:59 އަށް ހަމަވާނެ އެވެ. ސަރުކާރަށް ނިސްބަތްވާ ޕީއެންސީ މެންބަރުން އޮތީ ބޭނުންވާ އިސްލާހުތަކާއެކު ކޮމިޓީން ބިލު ފާސްކުރަން ހުށަހަޅާފަ އެވެ.

މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބިލު ބޭރުކޮށްލަން ގޮވާލާ ނޫސްވެރިން ވަނީ މުޒާހަރާތައްވެސް މަޖިލިސް ބޭރުގައި މުލިއާގޭ ކައިރީގައި ކޮށްފައެވެ. މީގެ އިތުރުން އިތުރުން ސޯޝަލް މީޑިއާގައި ބޮޑު ކެމްޕޭނެއް ފަށާ ނޫސްވެރިންގެ ފޯރަމްއެއްވެސް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ބިލު ބޭރުކޮށްލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ނޫސްވެރިންގެ ފަރާތުން ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފަ އެވެ. މި ޕެޓިޝަނުގައި ރާއްޖޭގައި ހަރަކާތްތެރިވާ 41 މީޑިއާއަކަށް ނިސްބަތްވާ 151 ނޫސްވެރިން ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ފްރީލާންސް ނޫސްވެރިން ވެސް ހިމެނެ އެވެ.

ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރުން އެ ބިލު މަޖިލީހުން ފާސްކުރަން ހިފާލާފައިވާއިރު ސަރުކާރުން އުޅެނީ ދިވެހި ހުރިހާ ރައްޔިތުންގެ ދޫ ބަންދުކުރަން ކަމަށް ބުނެ ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved