March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ލަންކާގެ ނޫސްވެރިން ރާއްޖޭގެ ހައި ކޮމިޝަން ކުރިމަތީ މުޒާހަރާ ކުރަން ނިންމައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 17, 2025, 05:05 PM
މާލެ ސިޓީ

މިނިވަން މީޑިއާ ނެތިކޮށްލުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ބިލާ ދެކޮޅު ހެދުމަށް އަދި ދިވެހި ނޫސްވެރިންނަށް ހިތްވަރު ދިނުމަށް އަވައްޓެރި ސްރީލަންކާގެ ނޫސްވެރިން ކޮލަމްބޯގައި ހުންނަ ދިވެހި ހައިކޮމިޝަން ކުރިމަތީ މުޒާހަރާ ކުރަން ނިންމައިފި އެވެ.

Advertisement


ލަންކާގެ ނޫސްވެރިން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓަރެއްގައި ބުނީ މި މުޒާހަރާ އޮންނާނީ ލަންކާ ގަޑިން މިއަދު މެންދުރުފަހު 3:00 ޖަހާއިރު ކަމަށެވެ.

ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ތާއީދުކޮށް ލަންކާގެ ރައްޔިތުންނަށް ވެސް މުޒާހަރާއަށް ވަނީ ދައުވަތު ދީފަ އެވެ.

ލަންކާގައި ދިރިއުޅޭ ބައެއް ދިވެހިން ވެސް މި މުޒާހަރާތަކުގައި ބައިވެރިވާނެ ކަމަށް ސޯޝަލް މީޑިއާގައި ލިޔެފައިވެ އެވެ.

މަޖިލީހުން އިއްޔެ ބިލު ފާސްކުރީ ހެނދުނުން ފެށިގެން ނޫސްވެރިންނާއި އާންމުން މަޖިލިސް ކައިރީގައި ބިލާ ދެކޮޅަށް މުޒާހަރާ ކުރަމުން ދަނިކޮށެވެ.

މީގެ އިތުރުން، މި ބިލު ފާސްކުރުމާއެކު ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމުގެ ހައްގަށް ހުރަސް ނޭޅުމަށް ދިވެހިރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ އިން ވެސް ވަނީ ގޮވާލާފަ އެވެ.

ހިޔާލާއި ފިކުރުގައި ތަޅު އެޅުވޭ ބިލު ފާސް ކުރުމުން އެމެރިކާ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އިދިކޮޅު ހިޔާލުތައް ފާޅު ކުރުމުގެ ހައްގު ދިނުމަށް ރާއްޖެއަށް ގޮވާލާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved