March 19, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ސަހްޔޫނީނުން ގަތަރަށް ދިން ހަމަލާގެ ފުރިހަމަ ޒިންމާ ނަތަންޔާހޫ ނަގައިފި!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 16, 2025, 06:14 PM
މާލެ ސިޓީ

ސަހްޔޫނީނުން ގަތަރަށް ދިން ހަމަލާގެ ޒިންމާ ސަހްޔޫނީނުން ފުރިހަމައަށް ނަގާ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ބެންޖެމިން ނަތަންޔާހޫ ބުނެފިއެވެ.

Advertisement

ނަތަންޔާހު ބުނީ ގަތަރުގައި ތިބި ހަމާސްގެ ލީޑަރުންނަށް ހަމަލާދޭން ނިންމި ނިންމުމަކީ އެގައުމުގެ މިނިވަން ނިންމުމެއް ކަމަށެވެ. އަދި އެކަމުގެ ޒިނަމާ ފުރިހަމައަށް އެ ގައުމުން ނަގާކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ގުދުސްގައި އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ނަތަންޔާހޫ ވަނީ ދެ ގައުމު ހިމާޔަތް ކުރުމަށް ސަހްޔޫނީނުންނާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.

ރޫބިއޯ އެ ގައުމަށް ދަތުރު ކުރީ ގަތަރުގައި ހަމާސްގެ ލީޑަރުންނަށް ސަހްޔޫނީން ދިން ހަމަލާއާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި ގަވާއިދާ ހިލާފަށް އާބާދީތައް ފުޅާކުރުމާ ގުޅިގެން މެދުއިރުމަތީގައި އެމެރިކާގެ އެކުވެރި ގައުމުތަކާ ދެމެދު މައްސަލަ އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއިން ދަނީ މި ހުރިހާ ޖަރީމާއެއްގައި ސަހްޔޫނީނުންނަށް ތާއިދު ކުރަމުންނެވެ.

ސަހްޔޫނީން ގަތަރަށް ހަމަލާދިނީ ހަމާސްގެ ލީޑަޝިޕްގެ އެކި ފަރާތްތަކަށް އަމާޒުކޮށް ކަމަށް އެ ގައުމުން ބުނެފައިވެއެވެ.

އެ ހަމަލާ ދީފައި ވަނީ ހަމާސް ޖަމާއަތުގެ ލީޑަރުން އަވަހާރަކޮށްލާނެކަމުގެ އިންޒާރު ސަހްޔޫނީންގެ އަސްކަރިއްޔާގެ ވެރިޔާ އިޔާލް ޒާމިރު ދެއްވާފައިވަ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved