March 16, 2026
Advertisement
ތުޅާދޫ
ތުޅާދޫ / ސަން އޮންލައިން

ރޯހައުސް ދިނުން ލަސްކުރާތީ ތުޅާދޫގައި މުޒާހަރާ ކުރަނީ!

Mariyam Isaadha
މަރިޔަމް އިސާދާ
Sep 18, 2025, 06:17 PM
މާލެ ސިޓީ

ބ. ތުޅާދޫގައި އިމާރާތްކޮށް ނިމިފައިވާ، ރޯހައުސްތައް ދޫކުރުން ލަސްވާތީ އެކަމާ ނުރުހުން ފާޅުކޮށް، ކައުންސިލް އިދާރާގައި ރަށު ރައްޔިތުން މުޒާހަރާ ކުރަން ފަށައިފިއެވެ.

Advertisement

އެރަށުން ޗެނަލް13 އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، މުޒާހަރާ ފެށީ އެރަށުގައި އިމާރާތްކޮށްފައިވާ 100 ރޯހައުސްތައް ލިބޭނެ މީހުންގެ ދާއިމީ ލިސްޓު އިއުލާނުކުރާނެ ކަމަށް ބުނެފައި އެކަން ނުކުރުމުން ކަމަށެވެ.

ރެއިން ފެށިގެން އެ މުޒާހަރާ ކުރަމުން އަންނައިރު، މިއަދު ހެނދުނު ތުޅާދޫ ކައުންސިލް ހުޅުވުމާ އެއްކޮށް އެތަނުގެ ތެރެއަށް ވަދެ, ރައްޔިތުންގެ ތެރެެއިން ބަޔަކު ވަނީ މުޒާހަރާ ކުރަން ފަށާފައި ކަމަށްވެއެވެ.

އެގޮތުން ރޭ ކައުންސިލްގައި އެކަމާ ގުޅޭ ބައްދަލުވުމެއް ބޭއްވި ނަމަވެސް ލިސްޓު އިއުލާނުނުކުރާ ކަމަށެވެ. ކައުންސިލަށް ލިސްޓު ނުނެރެވުނީ، އެކަމާ ގުޅޭ ކޯޓު ހުކުމެއް އޮތްކަން ރޭ ކައުންސިލަށް އެނގުމުން ކަމަށެވެ.

މުޒާހަރާގެ ބައިވެރިންގެ ޑިމާންޑަކީ ފުލެޓުތައް ރައްޔިތުންނާ ހަވާލުކުރުން ކަމަށާ، އެނޫން ގޮތަކަށް ކައުންސިލް އިދާރާއިން ރައްޔިތުން ނުނިންކުންނާނެ ކަމަށްވެސް ވެއެވެ.

މުޒާހަރާއާ ގުޅިގެން ކައުންސިލްގެ މިއަދުގެ މަސައްކަތްވެސް ވަނީ މެދުކަނޑާލާފައިކަމަށް ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved