March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ރާއްޖޭގެ ހޫނުމިން މައްޗަށް: އިހުސާސްކުރެވޭ ހޫނުމިން 35 ޑިގްރީގައި!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 16, 2026, 12:40 PM
މާލެ ސިޓީ

މިއަދު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ހޫނުމިން މަތިވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

Advertisement

މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި ފިނިހޫނުމިން އާންމުކޮށް 32 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް، އިންސާނާގެ ހަށިގަނޑަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 35 ޑިގްރީ ސެލްސިއަސްގައެވެ. މިއީ އާންމު ގޮތެއްގައި ރާއްޖެއަށް އެންމެ ހޫނުގަދަވާ މާރޗް އަދި އޭޕްރިލް މަހަށް ވާތީ، ކޮންމެ އަހަރަކުވެސް މި ދުވަސްވަރު ހޫނުމިން މައްޗަށް ދެއެވެ.

ތަފާތު ސަރަހައްދުތަކަށް ބަލާއިރު، މިއަދު މާލޭގެ ހޫނުމިން 32 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އުތުރުގެ ހަނިމާދޫގައި ހުރީ 29 ޑިގްރީގައެވެ. ދެކުނުގެ އައްޑޫ ސިޓީ އަދި ލ. ކައްދޫ ސަރަހައްދުގައި ހޫނުމިން ހުރީ 30 ޑިގްރީ ސެލްސިއަސްގައެވެ. މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މިއަދު މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށެވެ.

މި ދުވަސްވަރު އެންމެ ބޮޑަށް ހޫނުގަދަވާނީ މެންދުރުފަހު 2:00 ހާއިރު ކަމަށް މެޓް އޮފީހުން މީގެ ކުރިން ބުނެފައިވެއެވެ. މި އަހަރުގެ ހޫނު މޫސުމާ ރަމަޟާން މަސް ދިމާވެފައިވުމުން، ގޭބިސީތަކުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެގެންދާނެ ކަމަށް ވެސް ބެލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved