March 19, 2026
Advertisement
މޫސުން ގޯސްވެ ކަނޑުގަދަ ވެފައި
މޫސުން ގޯސްވެ ކަނޑުގަދަ ވެފައި / ސޯޝަލް މީޑިއާ

މޫސުން ގޯސްވެ ހަ އަތޮޅަކަށް ހުދު ސަމާލު ނެރެފި

Aishath Naja
އައިޝަތު ނަޖާ
Feb 28, 2024, 02:34 AM
މާލެ ސިޓީ

މޫސުން ގޯސްވުމުގެ ސަބަބުން ހަ އަތޮޅަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

Advertisement

މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ތ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ހަމައަށް މިރޭ 19:00 އިން 01:00 އަށެވެ.

މިވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މާދަމާ ހެނދުނު 06:00 އަށް ލަފާ ކުރާ މޫސުމަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެއެވެ.

އަދި ގުގުރުން އެކަށީގެންވެއެވެ. މެދުރާއްޖެތެރެއާއި ދެކުނު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް މެޓުން ވަނީ ލަފާ ކޮށްފައެވެ.

އިރުއުތުރާއި އިރުން މެދު ރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނު އަތޮޅުތަކަށް 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއިރު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާ ކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved