

ރައީސް ޑރ މުހައްމަދު މުއިއްޒު އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ޖަލްސާތައް ކުރިއަށް ދާނެ ކަމަށް އެ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވީ، މީޑިޔާ ރެގިއުލޭޓު ކުރުމުގެ ނަމުގައި ޚިޔާލާ ފިކުރުގެ ތަޅު އަޅުވަން ބިލެއް ގާނޫނަކަށް ހަދާ ރައީސް މުއިއްޒު ތަސްދިގު ކުރެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަލީހު ވިދާޅުވީ، ޤާނޫނު ފާސްކުރިޔަސް ޕީއެންއެފް ޓައުންހޯލް ޖަލްސާ ކުރިއަށްދާނެ ކަމަށާ ކެރެންޏާ ރައީސް މުއިއްޒު ޖެހޭނީ އެ ޕާޓީގެ މެމްބަރުންގެ ދޫ ބުރިކޮށްލަން ކަމަށެވެ. އަދި ދޫ ބުރިކޮށްފިއްޔާ އިޝާރާތުގެ ބަހުންވެސް މާއްދާ 27 ގެ ބޭނުން ހިފާނެ ކަމަށް މަލީހު ވިދާޅުވެފައިވެއެވެ.
Muizz udaga jehifa bimuga jehunas PNF ge townhall kuriyah dhaane. Kerangnaa Muizz jeheynee alhugandumenge dhoo hanjarakun burikuran. Burikoffiyyaa ishaaraathuge fahunves maadhaa 27 ge beynun hifaanan. pic.twitter.com/4oBbB6PF0t
— Mohamed Maleeh Jamal (@maleehjamal) September 18, 2025
މީޑިއާ އެންޑް ބްރޯޑްކާސްޓިން ޤާނޫނުގެ ދަށުން މީޑިއާތަކުން ފަތުރާ ހަބަރުތައް ވަރަށް ބޮޑަށް ކޮންޓްރޯލު ކުރެވިގެންދާނެއެވެ.
މި ބިލު ތަސްދީގުކޮށް ގާނޫނަކަށް ރައީސް މުއިއްޒު ހެއްދެވީ އެހެން އެކަން ނުކުރުމަށާ ކޮށްފިނަމަ ސަރުކާރަށް ވާނެ ގެއްލުން ބޮޑުވާނެ ކަމަށް އެތައް ނޫސްވެރިންނާ ޖަމްއިއްޔަތަކުން ބުނަމުން ދަނިކޮށްކަން ފާހަގަކޮށްލެވެއެވެ.