March 19, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އެމެރިކާއިން ސަހްޔޫނީންނަށް ހަތިޔާރު ދިނުން ހުއްޓާލުމަށް ގޮވާލައި މުޒާހަރާ ކުރަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 20, 2025, 04:56 PM
މާލެ ސިޓީ

ނިރުބަވެރި ސަހްޔޫނީންގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި އެންމެ އެއްބާރުލުންދޭ އެމެރިކާއިން ސަހްޔޫނީންނަށް ހަތިޔާރުފޯރުކޮށްދިނުމާއި ދެކޮޅަށް މުޒާހަރާ ކުރަން ފަށައިފިއެވެ.

Advertisement

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި މުޒާހަރާގެ ބައިވެރިން މިއަދު ހެނދުނު މުޒާހަރާ ކުރަން ފަށާފައިވަނީ އެމެރިކާގެ ކެލިފޯނިއާގައި ހުންނަ އޯކްލޭންޑް އިންޓަނޭޝަނަލް އެއާޕޯޓުގެ ބޭރުގައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ އެމެރިކާއިން ސަހްޔޫނީންނަށް ހަތިޔާރު ފޯރުކޮށްދިނުން ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ.

މި މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ވަނީ މިއަހަރުގެ ޖެނުއަރީން ފެށިގެން އޯކްލޭންޑުން ސަހްޔޫނީންނަށް އެފް-35 މަރުކާގެ އަސްކަރީ 280 ޖެޓްތައް ފޮނުވާފައެވެ. އެހެން ކަމުން އެކަން ވަގުތުން ހުއްޓުމަށް ވަނީ ގޮވާލާފައެވެ.

ގިނަ އަދަދެއްގެ މީހުން މުޒާހަރާގައި ތިބިއިރު، މުޒާހަރާގެ ބައިވެރިން ވަނީ އެމީހުންގެ އެއާޕޯޓުން ހަތިޔާރު ނުފޮނުވޭނެ ކަމަށާއި ގަތުލުއާންމަށް ފަންޑު ކުރަން ހުއްޓާލުމަށް ލިޔެފައިވާ ބޯޑުތައް ދައްކާލާފައެވެ.

އަދި އެމީހުން ތިބީ ގަތުލުއާންމާއި ދެކޮޅަށް ކަމަށް ބުނެ، ގިނަ ބަޔަކު ވަނީ ފަލަސްތީނުގެ ދިދަ ވިހުރުވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved