ދިވެހިރާއްޖެއަށް ކާޑުގެ ބާވަތްތައް ގެނައުމަށް ތުރުކީވިލާތުން ބޯޓެއް ރާއްޖެއަށް ފުރައިފިއެވެ.
އެސްޓީއޯއިން މައުލޫމާތުދިން ގޮތުގައި ރާއްޖެއަށް ކާޑުގެ ބާވަތްތައް ގެނައުމަށް ތުރުކީވިލާތުން ބޯޓެއް ރާއްޖެއަށް މިހާރު ފުރާފައިވާ ކަމަށާއި ނަމަވެސް ކާޑުގެ ޝިޕްމަންޓް ރާއްޖެއަށް ފޯރާނެ ވަކި ދުވަހެއް އަދި ބުނަން ނޭނގޭ ކަމަށެވެ.
ރާއްޖެއަށް ކާޑުގެ ބާވަތްތައް ގެނައުމަށް އެކި ގައުމުތަކާ މަޝްވަރާކުރަމުން އަންނަ ކަމަށާއި އެގޮތުން މިހާރު ވެސް ދުބާއީއިން ހަކުރާއި ސްރީލަންކާއިން ގޮދަން ފުށް ގެންނަ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
އެއް އަހަރަށް ބޭނުންވާ މިންވަރަށްވުރެ ވެސް އިތުރަށް ތުރުކީއިން ރާއްޖެއަށް ހަނޑުލާއި ހަކުރާއި ގޮދަން ފުށް ގެންނަން އެއްބަސްވުމެއް ވަނީ ގާއިމުކޮށްފައެވެ.