

ވިޔަފާރިވެރިން ވިއްކަމުންދާ މުދަލުގެ އަގު ބޮޑު ކުރަނީ ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ކަމަށް ވިދާޅުވެ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ނުރުހުން އެ ވިޔަފާރިވެރިންނަށް އަމާޒުކުރައްވައިފިފއެވެ.
ފެލިދޫގައި ވާހަަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ފަހުން ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ މެދުވެރިކޮށް ތަރުކާރީއާއި މޭވާގެ ޖުމްލަ 20 ބާވަތެއް އެތެރެކުރަން ނިންމެވީ މަޖްބޫރުވެގެން ކަމަށެވެ. އެގޮތުން އެއް ވިޔަފާރިތަކުން ތަކެތީގެ އަގު ގަސްދުގައި ބޮޑުކުރަނީ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވިދާޅުވީ އެއީ އެ ވިޔަފާރިވެރިން ސިޔާސީ ބޭނުމުގައި ކުރާކަމެއް ކަމަށެވެ.
އެމަނިކުފާނު އިތުރަށް ތުހުމަތުކުރެއްވި ގޮތުގައި އެއީ ވިޔަފާވެރިން ކަނޑައެޅިގެން ރާވައިގެން ކުރާކަމެއްކަމަށާ، ނަމަވެސް ސަރުކާރުން އެ ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެ ރައީސް ވަނީ ވިޔަފާރިވެރިންނަށް އިންޒާރެއް ދެއްވާފައެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، އެސްޓީއޯއިން މޭވާ އާ ތަރުކރީ ގެންނަން މަސައްކަތް ފެށުމުން، އެކި ފަރާތްތަކުން ވަނީ އާންމުން ކުރާ ވިޔަފާރިތަކަށް ސަރުކާރުން ވަނުމުން ވިޔަފާރިތައް ފުނޑުފުނޑުވާނެ ކަމަށް ބުނެފައެވެ.