March 22, 2026
Advertisement
-
- / އަލްޖަޒީރާ

ރަސޫލާ ޞޢޥ ދެކެ ލޯބިވާ ކަމަށް ބުނުން އިންޑިއާގައި ކުށަކަށް ހެދުމުން މުޒާހަރާ ކުރަނީ!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 21, 2025, 09:25 PM
މާލެ ސިޓީ

ރަސޫލާ ﷺ ގެ ޢީދުމީލާދާއި ގުޅިގެން އުއްތަރަ ޕްރަދޭޝްގެ ކާންޕޫރުގައި "އައި ލަވް މުހައްމަދު" ޖަހާފައިވާ ޕޯސްޓްތަކެއް ގެންގުޅުމުން 20 އަށް ވުރެ ގިނަ މީހުންނާ ދެކޮޅަށް ފުލުހުން އެފްއައިއާރު ހުށަހެޅުމާ ގުޅިގެން ހައިދަރުއާބާދުގައި މުޒާހަރާ ކޮށްފިއެވެ.

Advertisement

ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ރަޖިސްޓްރީ ކުރި އެފްއައިއާރުގައި ނުވަ މީހަކު ފާހަގަކޮށްފައިވާއިރު، ނަން ހާމަ ނުކުރާ 15 މީހަކު ވެސް ހިމެނެ އެވެ.

ފުލުހުން ބުނީ މި ޕޯސްޓްތަކަކީ "އާ ޓްރެންޑެއް" ކަމަށާއި އޭގެ ބޭނުމަކީ އެ ސަރަހައްދުގެ މުޖުތަމައުގެ ހަމަޖެހުމަށް ބުރޫ އެރުވުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށެވެ.

މިކަމާއި ގުޅިގެން ހާފިޒް ސައްޔިދު ކާޒިމް ހުސައިން ގާދްރީ އިސްވެ ހުންނަވައިގެން ޒުވާނުންގެ ގްރޫޕްތަކެއް ވަނީ ނަމްޕަލީ ޕަބްލިކް ގާޑަން، ޔަކުތުޕޫރާ ޗައުނީ ނާދިރް އަލީ ބޭގް އަދި އެ ސިޓީގެ އެކި ސަރަހައްދުތަކަށް ޖަމާވެފަ އެވެ.

މި ފަރާތްތަކުން ބުނަނީ އިތުރު އެފްއައިއާރު ކުރިޔަސް "އައި ލަވް މުހައްމަދު" ގެ ޕޯސްޓްތައް ހިފައިގެން މުޒާހަރާ ކުރަމުން ގެންދާނެ ކަމަށެވެ.

މި ޚަބަރު ފެތުރުމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެމީހުންގެ ޕްރޮފައިލް ފޮޓޯ ބަދަލުކޮށް ވަޓްސްއެޕް އާއި ފޭސްބުކް އަދި އެހެނިހެން ޕްލެޓްފޯމްތަކުގައި "އައި ލަވް މުހައްމަދު" ގެ ފޮޓޯއަށް ބަދަލުކޮށްފައެވެ.

ކާންޕޫރު ފުލުހުންނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ގިނަ ބަޔަކު ވަނީ އެއީ މައިނޯރިޓީ ގްރޫޕެއް އެކަހެރި ކުރުމަށް ކުރި މަސައްކަތެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

މި މީހުން ހައްޔަރު ކުރުމާ އެކު ހައްޔަރު ކުރި މީހުން މިނިވަން ކުރުމަށް ވަކާލާތު ކުރާ ގައުމީ އޮންލައިން ކެމްޕޭނެއް ވެސް ވަނީ ފަށައިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved