March 18, 2026
Advertisement
-
- / ޓައިމްސް އޮފް އިސްރާއީލް

ނަތަންޔާހޫގެ ތުހުމަތުތަކެއް ޗައިނާއަށް: ޗައިނާއިން ސަހްޔޫނީންނާއި ދެކޮޅަށް ކެމްޕެއިން ކުރަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 21, 2025, 09:29 PM
މާލެ ސިޓީ

ސަހްޔޫނީންގެ ތަސައްވުރު ގެއްލުވާލުމަށް ޗައިނާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

Advertisement

ނަތަންޔާހޫ ތުހުމަތު ކުރެއްވި ގޮތުގައި ޗައިނާ އާއި ގަތަރުން މީޑިއާ، ސޯޝަލް މީޑިއާ، އާޓިފިޝަލް އިންޓެލިޖެންސް އަދި މާލީ ވަސީލަތްތައް ބޭނުންކޮށްގެން ބައިނަލްއަގުވާމީ މައިދާނުގައި ސަހްޔޫނީން އެކަހެރި ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް ޗައިނާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. ސަހްޔޫނީންގެ ގައުމުގައި ހުންނަ ޗައިނާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނަތަންޔާހޫގެ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި އޭގެ ސަބަބުން ޗައިނާ އާއި ސަހްޔޫނީންގެ ގުޅުމަށް ބުރޫ އަރާފާނެ ކަމުގެ އިޝާރާތެއް ދީފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ޗައިނާ އިން ބުނެފައިވަނީ ހަމަނުޖެހުންތަކުގެ ބަދަލުގައި "ޕޮލިޓިކަލް އިންޓެލިޖެންސް" އާއި މަޝްވަރާތަކުގައި ބައިވެރިވުމަށެވެ.

ނަތަންޔާހޫ ވިދާޅުވީ ސަހްޔޫނީން ބޭރުގެ ގައުމުތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އެ ގައުމުގެ އެތެރޭގެ ދިފާއީ އުފެއްދުންތައް އިތުރުކުރަން ޖެހޭ ކަމަށެވެ.

ނަތަންޔާހޫގެ މި ވާހަކަތަކުގެ ސަބަބުން ބައިނަލްއަގުވާމީ ބާރުތަކުގައި ސަހްޔޫނީންގެ ގުޅުން އިތުރަށް ހީނަރުވެދާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved