March 19, 2026
Advertisement
-
- / ތޭރަގްރެފިކްސް

ބާހުބަލީގެ ކަޓައްޕާ މިފަހަރު ޣައްޒާގެ ދިފާއުގައި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 22, 2025, 05:02 AM
މާލެ ސިޓީ

ފަލަސްތީނުގައި ސުލްހައާއި އިންސާފު ގާއިމް ކުރުމަށް ގޮވާލާ އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި ބާހުބަލީގެ ފިލްމުގެ ކަޓައްޕާގެ ރޯލުން ބޮޑު މަޝްހޫރުކަމެއް ހޯދި އެކްޓަރު ސަތުޔާރާޖް ޣައްޒާގެ ރައްޔިތުންނަށް ތާއީދުކޮށް ވާހަކަ ދައްކައިފިއެވެ.

Advertisement

ސަތްޔާރާޖްގެ އިތުރުން އެކްޓަރު ޕްރަކާޝް ރާޖްވެސް ވަނީ ޣައްޒާގެ ދިފާއުގައި ވާހަކަ ދައްކާފައެވެ.

ދެ އެކްޓަރުން ވެސް ވަނީ ސޯޝަލް މީޑިއާގައި އެމީހުންގެ ޚިޔާލުތައް ހިއްސާކޮށް، ޣައްޒާއާއި ދެކޮޅަށް ސަހްޔޫނީން މިހާރު ހިނގަމުންދާ އިންސާނީ ދަތިކަން ކުށްވެރިކޮށް، ޣައްޒާގެ ރައްޔިތުންގެ ތަކުލީފު ނިމުމަކަށް ގެނައުމަށް ފިޔަވަޅު އެޅުމަށް ލީޑަރުންނަށް އިލްތިމާސްކޮށްފަ އެވެ.

ޕްރަކާޝް ރާޖް ވިދާޅުވީ އަނިޔާވެރިންނާ ދެކޮޅަށް ތެދުވުމަކީ ފަންނާނުންގެ ޒިންމާއެއް ކަމަށާއި، ސިޔާސީ ކަންކަމުން ބޭރުގައި އިންސާނީ ހައްގުތަކާއި އޯގާތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވައި ސަތިޔާރާޖް ވެސް ވަނީ މިފަދަ ޝުއޫރުތަކެއް ފާޅުކޮށްފައެވެ.

މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިކުރުވާ އަނިޔާވެރިކަމުގެ ޒިންމާ ނަގަންޖެހޭނީ ހަމައެކަނި ސަހްޔޫނީން ނޫން ކަމަށާއި މިކަމުގައި އެމެރިކާއިންނާއި މޯދީ ސަރުކާރުންވެސް ޒިންމާ ނަގަން ޖެހޭނެ ކަމަށް މި ދެ ފަންނާނުން ވަނީ ބުނެފައެވެ.

މޯދީ ސަރުކާރަކީ ފަލަސްތީނުގެ ރައްޔިތުން މެރުމަށް ސަހްޔޫނީންނަށް އެންމެ ބޮޑަށް ވާގިވެރިވާ އެއް ގައުމަށްވާއިރު އިންޑިއާއިން ވަނީ މެދުއިރުމަތީގެ މި ހަނގުރާމައަށް ނިއުކްލިއަރ ހަތިޔާރުތައްވެސް ފޯރުކޮށްދީފައެވެ.

އިންޑިއާގެ ފަންނާނުންތަކެއް ޣައްޒާގެ ދިފާއުގައި ވާހަކަ ދައްކާފައިވަނީ، ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އޮސްޓްރޭލިއާ އަދި އިނގިރޭސިވިލާތުން ވަނީ ރަސްމީކޮށް ބަލައިގަތުމާއި ގުޅިގެން ޣައްޒާއަށް ބައިނަލްއަގްވާމީ ސަމާލުކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved