March 18, 2026
Advertisement
-
- / އަލްޖަޒީރާ

ޣައްޒާއަށް އެހީ ހިފައިގެން ދަތުރުކުރާ ސުމުދް ފޮލިޓިލާއަށް މިއަދުވެސް ހަމަލާތަކެއް!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 25, 2025, 05:29 AM
މާލެ ސިޓީ

ޣައްޒާގެ ރައްޔިތުންނަށް އެހީގެ ތަކެތި ފޯރުކޮށްދިނުމާއި، ފަލަސްތީނަށް ތާއީދުކުރާ ހަރަކާތްތެރިން ގޮވައިގެން ދަތުރުކުރަމުންދިޔަ "ގްލޯބަލް ސުމޫދު ފްލޮޓިއްލާ" އަށް މިއަދުވެސް ސަހްޔޫނީން ހަމަލީދީފިއެވެ.

Advertisement

"ގްލޯބަލް ސުމޫދު ފްލޮޓިއްލާ" އަށް، ހަމަލާތަކެއް ދީފައި ވަނީ ގްރީސް ކައިރިން ދަތުރުކުރަނިކޮށެވެ. މި ހަމަލާތައް ދީފައިވަނީ ރޭ ފަތިހުން ފެށިގެން މިއަދުގެ ފަތިހުގެ ވަގުތާ ހަމައަށެވެ.

މި ހަމަލާތަކާ ގުޅޭގޮތުން ސަހްޔޫނީންގެ ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އިއްޔެ އެގައުމުގެ ހާރިޖީ ވުޒާރާއިން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ފްލޮޓިއްލާ ކުރާ ދަތުރަކީ ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ކުރާ ދަތުރެއް ނޫންކަމަށް، އެއީ ހަމާސްއަށް ހިދުމަތްކުރުމަށް ކުރާ ދަތުރެއް ކަމަށެވެ.

ޖުމްލަ 51 ބޯޓު ހިމެނޭ މި ފްލޮޓިއްލާ މި މަހުގެ ކުރީކޮޅު މެޑިޓެރޭނިއަން ކަނޑުގެ ހުޅަނގު ފަރާތުން ދަތުރުފެށީ، ޣައްޒާގެ މައްޗަށް ސަހްޔޫނީން ހިންގާ ދަތިކުރުންތައް ނައްތާލައި، އެ ސަރަހައްދަށް އެހީގެ ތަކެތި ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ.

މި ދަތުރުފެށުމުގެ ކުރިން ޓިއުނީޝިއާގައި ބަނދަރުކޮށްފައި އޮތްއިރުވެސް، ދެފަހަރެއްގެ މަތިން ޑްރޯން ހަމަލާ ދިންކަމަށް ތުހުމަތު ކުރިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved