March 19, 2026
Advertisement
-
- / އަލްޖަޒީރާ

ޣައްޒާގެ އެހީ ފްލޮޓިލާއަށް ސަހްޔޫނީން ހަމަލާދޭނެ ކަމުގެ އިންޒާރުތައް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 26, 2025, 11:54 PM
މާލެ ސިޓީ

ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ ރައްޔިތުންނަށް އެހީގެ ތަކެތި ފޯރުކޮށްދިނުމާއި، ފަލަސްތީނަށް ތާއީދުކުރާ ހަރަކާތްތެރިން ގޮވައިގެން ދަތުރުކުރަމުންދާ "ގްލޯބަލް ސުމޫދު ފްލޮޓިއްލާ" އަށް ސަހްޔޫނީން އަނިޔާވެރި ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރުތައް ލިބެމުންދާ ކަމަށް ފްލޮޓިލާގެ ބައިވެރިން ބުނެފިއެވެ.

Advertisement

ފްލޮޓިލާގެ ބައިވެރިން ބުނީ މި މައުލޫމާތު ލިބިފައިވަނީ ޖާސޫސީ މާހިރުންގެ ފަރާތުން ކަމަށެވެ. މި ހަމަލާ ސަހްޔޫނީން ދޭނީ ބޯޓުތައް ސުންނާފަތިކޮށް، ގިނަ ހަރަކާތްތެރިން މަރާލެވޭނެ ފަދަ ހަތިޔާރުތައް ބޭނުން ކޮށްގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި އިންޒާރާ ގުޅިގެން އެ ގްރޫޕުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެންމެ ފަހުގެ ނުރައްކާތަކާއި ފްލޮޓިލާގެ ކުރިއަށް އޮތް ޕްލޭންތައް ހިއްސާ ކޮށް، އަދާހަމަ ހިއްސާކޮށް ދިނުމަށް ވަރަށް އަވަހަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

ފްލޮޓިލާ މޫވްމަންޓަށް ސަހްޔޫނީން ވަނީ މީގެ ކުރިންވެސް ހަމަލާތައް ދީފައެވެ. މި ހަމަލާތަކުގެ ދިފާއުގައި އިޓަލީ އަދި ސްޕެއިނުން ވަނީ އިތުރު ބޯޓުތައް ފޮނުވާ ސަހްޔޫނީންނާއި ދެކޮޅަށް ތެދުވެފައެވެ.

މި ހަމަލާތަކާ ގުޅޭގޮތުން ސަހްޔޫނީންގެ ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އިއްޔެ އެގައުމުގެ ހާރިޖީ ވުޒާރާއިން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ފްލޮޓިއްލާ ކުރާ ދަތުރަކީ ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ކުރާ ދަތުރެއް ނޫންކަމަށް، އެއީ ހަމާސްއަށް ހިދުމަތްކުރުމަށް ކުރާ ދަތުރެއް ކަމަށެވެ.

ޖުމްލަ 51 ބޯޓު ހިމެނޭ މި ފްލޮޓިއްލާ މި މަހުގެ ކުރީކޮޅު މެޑިޓެރޭނިއަން ކަނޑުގެ ހުޅަނގު ފަރާތުން ދަތުރުފެށީ، ޣައްޒާގެ މައްޗަށް ސަހްޔޫނީން ހިންގާ ދަތިކުރުންތައް ނައްތާލައި، އެ ސަރަހައްދަށް އެހީގެ ތަކެތި ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ. މި ދަތުރުފެށުމުގެ ކުރިން ޓިއުނީޝިއާގައި ބަނދަރުކޮށްފައި އޮތްއިރުވެސް، ދެފަހަރެއްގެ މަތިން ޑްރޯން ހަމަލާ ދިންކަމަށް ތުހުމަތު ކުރިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved