

ފަލަސްތީނުގެ ޣައްޒާގެ ހުޅަނގު އައްސޭރި ސަރަހައްދަށް ސަހްޔޫނީން ބޭނުން އެއްޗެއް ހަދަން ފުރުސަތު ނުދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ބުނެފިއެވެ.
ޓްރަމްޕް ވަނީ އދ. ގެ އާންމު މަޖިލީސް (ޔޫއެންޖީއޭ)ގައި އަރަބި ލީޑަރުންނާއެކު ބޭއްވި ބައްދަލުވުމުގައި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ ހިފިޔަ ނުދޭނެ ކަމަށް ހާމަކޮށް، އެކަމުގެ ޔަގީންކަން ދީފައެވެ. ނޫސް އެޖެންސީ ޕޮލިޓިކޯއިން ހާމަކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި ޓްެރަމްޕު ވަނީ ހުޅަނގު އައްސޭރި އިސްރާއީލު ހިފިޔަ ނުދޭނެ ކަމަސް ބުނެފައެވެ.
ނޫސްވެރިން ތަކުރާރުކޮށް، ނަތަންޔާހޫއަކީ އެމެރިކާގެ ގާތް ލީޑަރެއް ކަމަށާ އެހެންކަމުން ސްޓޭންޑް ބަދަލުވެދާނެ ތޯ ސުވާލުކުރުމުން ވެސް ޓްރަމް÷ު ވަނި ތަކުރާރުކޮށްވެސް، އިސްރާއީލާ ގާތް ގުޅުން އޮތަސް ޣައްޒާގެ ހުޅަނގު އްސޭރިއަށް ހިތު ހުރި ގޮތެއް ހަދަން ސަހްޔޫނީންނަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ.
ހުޅަނގު އައްސޭރި ހިފުމާއި ދެކޮޅަށް ވި ވައުދު ހިމެނޭ ގޮތަށް ޣައްޒާ ހަނގުރާމަ ނިންމާލުމަށް ޓްރަމްޕްގެ ވެރިކަމުގައި ރާވާފައިވާ ގޮތް ބަޔާންކޮށްފައިވާ ކަރުދާހެއް އެމެރިކާގެ ޓީމުން ހުށަހެޅި ކަމަށްވެސް ޕޮލިޓިކޯއިން ރިޕޯޓުކޮށްފައިވެއެވެ.
ގިނަ އަދަދަކަށް ގަތުލު އާންމު ހިންގައި، ޣައްޒާގެ ރައްޔިތުންނަށް ލާއިންސާނީ އަނިޔާ ކޮށްގެން ދުނިޔޭގެ ސިއްހީ އިދާރާތަކުގެ ސަމާލުކަން ހޯދާފައިވާ އިސްރާއީލުން ވަނީ ޣައްޒާގައި ފަލަސްތީނުގެ ޣައްޒާގެ 65،000 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްފައެވެ.
އދ. ގެ އާންމު މަޖިލިހުގެ ބައްދަލުވުމުގައި ގައުމުތަކުގެ ލީޑަރުން ވަނީ ޣައްޒާގެ ގަތުލުއާންމު ކުށްވެރި ކުރައްވައި، އެކަން ހުއްޓާލުމަށް ގޮވާލައްވާފައެވެ.