theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު / ފެނަކަ ކޯޕަރޭޝަން
ހަބަރު
ގޯސްކޮށް ކަމެއް ކުރި ކަމަކަށް ސައީދު އެއްބަހެއްނުވި، ވިދާޅުވީ ހުރިހާ ކަމެއް ކުރީ އުސޫލުގެ ތެރެއިން ކަމަށް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
28 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައީދުގެ އާއިލީ ކުންފުނިތަކާއެކު، ކުރީގެ ސަރުކާރުން 92 އެއްބަސްވުމެއްގައި ސޮއިކޮށް ހިންގި "ގޯސް" މުއާމަލާތް ތަކުގެ ޒިންމާއިން އޭނާ ރެކިގެންފި އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުރާސްފަތި ދުވަހުގެ ރޭ އާންމުކުރި މި ރިޕޯޓުގައި ތަފުސީލީ ގޮތެއްގައި، ފެނަކައިން ހިންގާފައިވާ ހިޔާނާތުގެ އެތައް އަމަލެއް އަދި ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ އެތައް އެއްބަސްވުމެއް ފާހަގަކޮށްފައިވެ އެވެ.

އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2021 އިން 2023 އަށް ފެނަކައިން ޖުމްލަ 674 އެއްބަސްވުމެއްގެ ދަށުން 2.2 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރި އެވެ. މީގެ ތެރެެއިން 439 އެއްބަސްވުމެއްގައި ސޮއިކުރީ ބިޑަށް ހުޅުވައިނުލަ އެވެ. އެ އެއްބަސްވުންތަކުގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރަ އެވެ.

މިކަމާއި ގުޅިގެން ސައީދު ރޭ ނެރުއްވި ބަޔާނުގައި ވިދާޅުވީ އޭރު ފެނަކައިން ޕްރޮކިއުމަންޓްގެ މުއާމަލާތްތައް ހިންގާފައިވަނީ ކުންފުނީގެ އެތެރޭގައި ހަދާފައިވާ އުސޫލުތަކާއި ކުންފުނީގެ ބޯޑުން އެކުލަވާލާފައިވާ އިދާރީ އޮނިގަނޑުގެ ތެރެއިން ކަމަށެވެ.

މި ދެންނެވި ގޮތާ ހިލާފަށް އެއްވެސް ބަޔަކަށް މުދަލެއް، ހިދުމަތެއް، ކޮންޓްރެކްޓެއް އަދި ޕްރޮޖެކްޓެއް ވިއަސް ދީފައި ނުވާނެ ކަމުގެ ޔަގީންކަން ދެން،

- ފެނަކައިން ހިންގި ދެ މުއާމަލާތަކާ ގުޅިގެން މިހާރު ވެސް ދައުވާ އުފުލާފައިވާ ސައީދުގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އޭނާ ފެނަކައިގެ އެމްޑީ ކަމުގައި ހުންނެވި މުއްދަތުގައި އަމިއްލަ ބޭނުމަށް ދައުލަތުގެ އެއްވެސް ފައިސާއެއް ބޭނުންކޮށްފައި ނުވާނެ ކަމަށް ވިދާޅުވެ ސައީދު ވަނީ ސިޔާސީ ކުލަ ނުޖެހި ފެނަކައިގެ މައްސަލަތައް ބެލުމަށް މިނިވަން މުއައްސަސާތަކަށް ގޮވާލާފަ އެވެ.

އޮޑިޓާ ޖެނެރަލް ވަނީ މިފަދަ ގޮތްގޮތަށް ޚަރަދުކުރުމަކީ ވަކި ފަރާތަކަށް މާލީ ފައިދާ ހޯދައި ދިނުން ކަމަށް ބެލެވޭތީ މިކަންކަން އިސްލާހުކުރުމަށާއި އިހުމާލުވެފައިވާ މައްސަލަތައް ތަހުގީގުކުރަން އަންގަވައިފަ އެވެ.

ފެނަކައިގެ ހިޔާނާތާ ގުޅިގެން ސައީދުގެ މައްޗަށް ދައުވާކޮށް ޝަރީއަތް ދަނީ ހިނގަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved