
ފެން ކުންފުނި ނުވަތަ ފެނަކައިގެ ބޯޑުގައި ޗެއަރޕާސަންގެ މަގާމުގައި ހުރި ނާޒުކީގެ/ސ. ފޭދޫ، ޝަމްހޫޒާ އަހުމަދު، އެ މަގާމުން ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޝަމްހޫޒާ އަޙްމަދު މިއަދުން ފެށިގެން އެމްޑަބްލިޔުއެސްސީގެ ޗެއަރމަންކަމުގެ މަޤާމުންނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ސަބަބަކާ ހުރެ ކަމެއް ޕީސީބީން ހާމަކޮށްފައިނުވެއެވެ.
ޝަމްހޫޒާ އެމްޑަބްލިއުއެސްސީގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރީ 26 ޑިސެމްބަރު 2023ގައެވެ.
ޝަމްހޫޒާ މި މަޤާމުން ވަކިކޮށްފައި މިވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ހިންގުންތެރިކަން އިތުރުކުރުމަށްޓަކައި ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.










