March 12, 2026
Advertisement
ފުވައްމުލަކުގައި ފެން ނުލިބޭތީ މުޒާހަރާ ކުރަނީ
ފުވައްމުލަކުގައި ފެން ނުލިބޭތީ މުޒާހަރާ ކުރަނީ / ތޭރަ އޮންލައިން

ފުވައްމުލަކަށް ދޫކުރީ ސާފު ފެންކަމަށް ބުނެ ސަރުކާރުން ދޮގު ހަދައިފި

Yana Shareef
ޔާނާ ޝަރީފް
Nov 16, 2025, 03:48 AM

ފުވައްމުލަކުގެ ބައެއް ގެތަކަށް "ކިލާ" ފެން ލިބޭތީ އެ ސިޓީގެ ރައްޔިތުން އެކަމުގެ ޝަކުވާކުރަން ފަށައިފިއެވެ.

Advertisement

ފުވައްމަލުގައި ފެނަކަ އިން ދޫކުރާ ސަޕްލައި ފެން ތަޣައްޔަރުވެ ބޭނުން ނުކުރެވޭ ހާލަތަށް ދިއުމުން މިދިޔަ ހޯމަ ދުވަހުން ފެށިގެން މުޅި ރަށުން ވަނީ ފެން ކަނޑާލައިފަ އެވެ.

އެމްއެފްޑީއޭއިން ބުނީ ފެނުގެ ޓެސްޓު ހެދީ އެކި ސަރަހައްދުތަކުން ފެން ނަގައިގެން ކަމަށެވެ. އަދި އެ ތަހުލީލުތަކުން އެއީ ސިއްހަތާ ބެހޭ ޖަމިއްޔާގެ ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

ފެން ނުލިބޭތީ އެ ސިޓީގެ ރައްޔިތުން ވަނީ މުޒާހަރާވެސް ކޮށްފައެވެ. އެގޮތުން މުޒާހަރާ ކުރަން ފެށުމުން ފެން ދޫކުރި ނަމަވެސް ތޭރައޮންލައިނަށް މައުލޫމާތު ލިބުނު ގޮތުގައި ފުވައްމުލަކުގެ ބައެއް ގޭތަކަށް ލިބެނީ ކިލާ ފެނެވެ.

އެ ފެނުގައި ވަހެއް ހުންނަކަމަށާއި ކުލައަށް ވެސް ބަދަލު އައިސްފައިވާކަމަށް މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފައެވެ.

މިފަދަ އަސާސީ ހިދުމަތްތައް ދިނުމުގައި މި ސަރުކާރުން ނުކުޅެދިފައިވާކަމަށް ބުނެ އެ ރަށު ރައްޔިތުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved