theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު / ސޯޝަލް މީޑިއާ
ސިޔާސީ
އަނެއްކާވެސް މައްސަލަ ކުރީ ސަރުކާރު މަތިކޮށްފި
Faina Faiz
ފައިނާ ފާއިޒް
24 ނޮވެމްބަރު 2025
މާލެ ސިޓީ

ރައިސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ ކުރާހިތުން ކުރާ އެއް ކަމަކީ ހައްލުނުކުރެވޭ ކަންތައްތައް، ޔައުނީ ސަރުކާރުގެ ނާގާބިލުކަން ދެއްކުމުގެ ބަދަލުގައި އެ ފެންމަތިވާ މައްސަލަ ކުރީ ސަރުކާރަށް މަތިކުރުމެވެ.

އެ ގޮތުން މިފަހަރު މި ވަނީ ސަރުކާރަށް 2 އަހަރު ވި އިރުވެސް ފެނަކަ ކޯޕަރޭޝަން ހަމައަކަށް ނޭޅުވިގެން އުޅެނީ ކުރިން ވެފައި އޮތް އިހުމާލު ބޮޑުވުމުން ކަމަށް ވިދާޅުވެފައިއެވެ.

ރައްޔިތުންގެ މަޖިލީހުހެ އެންވަޔަރްމެންޓް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވީ، އޭރު ވެފައި އޮތް އިހުމާލު އަސްލު ވަރަށް ބޮޑުކަމަށެވެ. އަދި މި އިހުމާލު ބޮޑުވީމާ، ދެ އަހަރު ވީއިރުވެސް މި ކުންފުނި ހަމައަކަށް ނޭޅުވިގެން މިއުޅެނީ މި ސަބަބާ ހުރެ ކަމަށެވެ.

ނަޖާހު ވިދާޅުވީ، އެ ކުންފުންޏަކީ ފައިސާ ވެސް އޮންނަ ކުންފުންޏެއްކަމަށެވެ. އަދި ކުންފުންޏަކީ މާބޮޑު ފައިދާއަކަށް މަސައްކަތް ކުރާ ބައެއް ނޫންކަމަށްވެސް ވިދާޅުވިއެވެ. އެހެން ނަމަވެސް ހިދުމަތް ދިނުމުގައި ބުރޫ ނާރާ ވަރަށް ފައިސާ ވެސް ކުންފުންޏަށް ލިބޭ ކަމަށް ނަޖާހު ވިދާޅުވިއެވެ.

ނަމަވެސް ދިމާވެފާވާ ދަތިތަކަކީ ގެނެވިފައި ހުރި ބައެއް އިކުއިޕްމެންޓުގެ ކުއަލިޓީދައްވުން ކަމަށް ނަޖާޙު ވިދާޅުވިއެވެ.

ވީއިރު ފެނަކައަށް ލިބޭ އާމްދަނީއިން މި ތަކެތި ބަދަލުނުކުރެވެނީ ކީއްވެގެން ކަމާމެދު ސުވާލުއުފެދެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved