March 12, 2026
Advertisement
.
. / ރައީސް އޮފިސް

ފެން ތަޣައްޔަރުވި މައްސަލައިގައި ފެނަކަ ގޮވައިން ފުވައްމުލައް ކައުންސިލުން ކޯޓަށް

Yana Shareef
ޔާނާ ޝަރީފް
Nov 17, 2025, 09:45 PM

ފެން ތަޣައްޔަރުވެފައިވާ މައްސަލައިގައި ފެނަކަ ކޯޕަރޭޝަން ގޮވައިގެންް ކޯޓަށް ދާން ފުވައްމުލައް ކައުންސިލުން ނިންމައިފިއެވެ.

Advertisement

ފުވައްމުލައް ސިޓީ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކައުންސިލުން ފެނަކަ ގޮވައިގެން ކޯޓަށް ދަނީ ފެނަކައިން އެ ސިޓީއަށް ދޫކުރާ ފެން ފޯރުކޮށްދިނުމުގައި ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ތަބާވުމަށް އަމުރެއް ނެރެދިނުމަށް އެދި ކަމަށެވެ.

ފުވައްމުލަކު ރައްޔިތުންގެ އަސާސީ ބޭނުންތަކަށް އެކަށީގެންވާ ރައްކާތެރި ފެން ފޯރުކޮށް ދިނުމަކީ އިންސަނީ ހައްގަކަށްވާތީ، އެ ރައްޔިތުން އެކަމުން މަހުރޫމުވަމުންދާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަސް ހުށަހެޅުމަށް ކައުންސިލުން ވަނީ ނިންމާފަ އެވެ.

ފެނުގެ ރައްކާތެރިކަން ޔަގީން ކުރަން ޔުޓިއުލިޓީ ރެގިއުލޭޝަން އޮތޯރިޓީން ވަނީ ފެނަކައަށް އަންގައިފަ އެވެ. އެ އެތޯރިޓީ އިން އެންގި ކަންކަން ފުރިހަމަނުކޮށް ރައްޔިތުންނަށް ފެން ދޫނުކުރަން ފުވައްމުލަކު ސިޓީ ކައުންސިލުން ފެނަކައަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެއިތުރުން، ފެނަކައިން ފުވައްމުލަކަށް ދޫކުރާ ފެނުގެ ރައްކާތެރިކަން ކަށަވަރުނުވާތީ ފެން ބޭނުން ކުރުމުގައި ރައްކާތެރިވުމަށް ކައުންސިލުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.

ފުވައްމުލަކުގެ ފެނުގެ ނިޒާމަށް މައްސަލަ ޖެހި އެ ރަށުން ފެން އެއްކޮށް ކަނޑާލިތާ ދެ ދުވަސް ފަހުން އަލުން ފެނުގެ ހިދުމަތް ދޭން ފެށި އެވެ. އެހެންނަމަވެސް މިހާރު ލިބޭ ފެނުގައި ވެސް ކިލަނބުކަމެއް ހުންނަކަމަށް އެ ސިޓީގެ ރައްޔިތުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved