March 23, 2026
Advertisement
އިންޑިއާގެ ޓެމިލް ނާޑޫގައި މިއަދު މީހުން ގިނަވެ ފިތިގެން އެތައް ބަޔަކު މަރުވި އެއްވުން ކުރިއަށްދަނީ. - ފޮޓޯ: އެންޑީޓީވީ
އިންޑިއާގެ ޓެމިލް ނާޑޫގައި މިއަދު މީހުން ގިނަވެ ފިތިގެން އެތައް ބަޔަކު މަރުވި އެއްވުން ކުރިއަށްދަނީ. - ފޮޓޯ: އެންޑީޓީވީ / އެންޑީޓީވީ

އިންޑިއާގެ ސިޔާސީ ރެލީއެއްގެ ތެރެއިން ފިތިބާރުވެ 39 މީހަކު މަރުވެއްޖެ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Sep 28, 2025, 04:13 PM
މާލެ ސިޓީ

އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގައި ރޭ ބޭއްވި ބޮޑު ސިޔާސީ ރެލީއެއްގެ ތެރޭގައި ފިތިގެން ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެ އެވެ.

Advertisement

ސިޔާސީ ދާއިރާ އަށް މިހާރު ނުކުމެފައިވާ އިންޑިއާގެ ދެކުނުގެ މަޝްހޫރު އެކްޓަރު ވިޖޭގެ ސަޕޯޓަރުންތަކެއް ކަރޫރް ޑިސްޓްރިކްޓުގައި ބޭއްވި އެއްވުމުގައި މީހުން ގިނަވެ ފިތުމުގެ ސަބަބުން ހާސްކަން ބޮޑުވެ ސަލާމަތްވާން މީހުން މަސައްކަތް ފެށީ އެއްވުމުގައި ވިޖޭ ވާހަކަ ދައްކަނިކޮށެވެ. ހާލަތު ގޯސްވެ އެންމެ ފަހުން ވިޖޭއަށް ޖެހުނީ ވާހަކަ ދެއްކުން ހުއްޓާލާށެވެ.

ހިންދުސްތާން ޓައިމްސް އިން ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގީ ވިޖޭ ދެކެލަން ބޭނުންވާ މީހުން ބެރިކޭޑް ހުރަސްކޮށް ސްޓޭޖާ ކައިރިއަށް ދާން އުޅުމުގެ ސަބަބުންނެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މިއީ ހިތާމަވެރި ހާދިސާއެއް ކަމަށް ވިދާޅުވެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފަ އެވެ.

މަރުވި މީހުންގެ އާއިލާތަަށް ބަދަލުގެ ގޮތުގައި އެއް މިލިއަން ރުޕީސް (11،300 ޑޮލަރު) ދޭން ސަރުކާރުން ނިންމާފައިވާ އިރު، ރެލީގެ ތެރޭގައި ބަޔަކު މަރުވި މައްސަލަ އިތުރަށް ތަހުގީގު ކުރާނެ ކަމަށް ޗީފް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved