March 19, 2026
Advertisement
-
- / ޓައިމްސް އޮފް އިސްރާއީލް

ޖައްބާރު ނަތަންޔާހޫ ބުނަނީ ހަމަލާ ދޭންވީ ވަގުތު ނިންމާނީ އޭނާގެ އަންހެނުން ކަމަށް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 29, 2025, 01:30 AM
މާލެ ސިޓީ

ފަލަސްތީނުގެ ޣައްޒާއަށް ހަމަލާ ދޭންވީ ވަގުތު އިގޭނީ އޭނާގެ އަންހެނުންނަށް ކަމަށް ސަހްޔޫނީންގެ ބޮޑު ވަޒީރު ޖައްބާރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

Advertisement

ނަތަންޔާހޫ މިފަދައިން ބުނެފައިވާތީ އޭނާ އާއި އޭނާގެ އަންހެނުންނަށް ސޯޝަލް މީޑިއާގައި އަންނަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

މިގޮތުން، ފަލަސްތީނާއި ދެކޮޅަށް ސަހްޔޫނީން ހިންގަމުން އަންނަ ގަތުލުއާންމާއި ގުޅިގެން ދުނިޔޭގެ އެކި ސަރަހައްދުތަކުން މީހުން އަމާޒުކުރަމުން އަންނަ ނުރުހުމުގެ ސަބަބުން ނަތަންޔާހޫ އޭނާގެ އަންހެނުން މީހުންގެ ނުރުހުމުގެ އައްޑަނައަކަށް ހަދަމުން އަންނަ ކަމަށް އެކި ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މީގެ އިތުރުން، ނަތަންޔާހޫގެ ހުރިހާ ސްޕީޗެއްވެސް ތައްޔާރު ކުރަނީ އޭނާގެ އަންހެނުން ކަމަށް ބުނެފައިވާއިރު ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނިކަމެތި ހާލުގެ ޒިންމާ ނަތަންޔާހޫ އެކޭ އެއްވަރަށް ސާރާ ނަތަންޔާހޫވެސް ނަގަން ޖެހޭނެ ކަމަށް ބުނެ އެކި ފަރާތްތަކުން ޕޯސްޓްކޮށްފައިވެއެވެ.

-
-

ޔޫރަޕްގެ ގިނަ ގައުމުތަކުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައިވާތީ ނަތަންޔާހޫ އަންނަނީ ކަންބޮޑުވެ އެ ގައުމުތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރު ދެމުންނެވެ.

2023، އޮކްޓޯބަރު 07 ވަނަ ދުވަހުން ފެށިގެން ހުއްޓުމެއްނެތި ނިރުބަވެރި ސަހްޔޫނީން ފަލަސްތީނާއި ދެކޮޅަށް ހިންގަމުން ހަނގުރާމައިގައި 60،000 ވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލާފަިއވާއިރު އެތަކެއް ލައްކަ މީހުން އަންނަނީ ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންނެވެ.

ފަލަސްތީނުގެ ރައްޔިތުން އެ ގައުމުގައި ހިސާރުވެ ޒަރޫރޫ ބޭނުންތަކަށް ޖެހިފައިވާތީ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތުރުކުރަމުން އަންނަ 50 އަށް ވުރެ ގިނަ ބޯޓުތަކަށްވެސް ނަތަންޔާހޫގެ އަމުރަށް ވަނީ ހަމަލާތައް ދީ އެހީ ފޯރުކުރުމަށް ހުރަސްއެޅާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved